ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނި ގޮތުގައި ރޭ ފަތިހު 3:55 ގައި މަރުވެފައި ވަނީ ކޮވިޑް ބަލީގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 32 ވަނަ މީހާއެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 25 ދިވެއްސަކާއި 7 ބިދޭސީންނެވެެ.

