ކޮވިޑް-19 ކޭސްތައް މަދުވަމުން އައި ނަމަވެސް އެއްވުންތައް ބާއްވާ ޙާލަތަށް އަދި ނުދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ، ފެންނަމުންދާ ކޭސްތައް ކޮންމެސް މިންވަރަކަށް މަދުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުޑަކޮށް ވެސް ފަރުވާކުޑަ ނުކުރުމަށެވެ.
”ކޭސްތައް މަދުވިޔަސް މިއީ އެއްވުނަތައް ބާއްވަން ވީ ވަގުތެއް ނޫން. ޒަރޫރީ ބޭނުންތަކައް ނޫނީ އަދިވެސް ބޭރައް ނުނިކުތުމަކީ މުހިންމު ކަމެއް“ ނަޒްލާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުނ ، އަތޮޅު ތެރޭގެ އެއްވެސް ރަށަކުން ކަރަންޓީން ނުވަތަ އައިސޮލޭޝަންގެ އުސޫލުތަކާ ޚިލާފުވާނަމަ ލަސްނުކޮށް އެޗްއީއޯސީ އާއި ކަމާބެހޭ ފަރާތްތަކައް އެކަން އެންގުމައް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

