ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން ކޯޓަށް ނަގާ ފަނޑިޔާރާ ކޯޓު ހިންގުން ޙަވާލުކުރަނީ ބުއްދީގެ ކޮން ހަމައަކުންތޯ؟

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ފަހުން ކޯޓަށް ނަގާ ފަނޑިޔާރާ ކޯޓު ހިންގުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޙަވާލުކުރަނީ ބުއްދީގެ ކޮން ހަމައަކުންތޯ ސުވާލު އުފައްދަވައި ކްރްމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޖޭއެސްސީއަށް ރައްދު ދެއްވައިފިއެވެ.

ހައިލަމްގެ ފާޑުކިޔުން ޖޭއެސްސީއަށް މި އަމާޒް ކުރެއްވީ ވަގުތީ ގޮތުން ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރަމުންދަނީ، ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވެސް ވަނަވަރު އަދި ރިކޯޑު ފައިލްގައި ހުރި ލިޔެކިއުންތަކަށް ބެލުމަށްފަހުކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ޖޭއެސްސީން ބުނުމާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް ފާޑުކިޔާފައެވެ. އާދަމް މުހައްމަދާއި ކްރިމިނަލް ކޯޓް ހިންގުން ހަވާލުކޮށްފައި ވަނީ އެ ކޯޓް ހިންގަވަމުން ގެންދެވި ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ހައިލަމް ވިދާޅުވެފައިވަނީ ޤާޟީ އާދަމް މުޙައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ޤާބިލު ޤާޒީ ކަމަށާއި ނަމަވެސް ޖޭއެސްސީއިން ކްރިމިނަލް ކޯޓު ހިންގުން ޤާޒީ ޢަލީ ރަޝީދާއި ޤާޒީ އާދަމް މުޙައްމަދާ ވެސް ޙަވާލުކޮށްފައިވަނީ ޖޭއެސްސީން ގެޒެޓްކުރައްވާފައިވާ އުޞޫލާ ހިލާފަށް ކަމަށެވެ.

ހައިލަމް އުފެއްދެވި ސުވާލުތަކާއި ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރަކާއި ހަވާލުކޮށްފައިވަނީ އުސޫލާއި ހިލާފަށްކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކު ހަމަޖެއްސުމާއި، ސުޕީރިއާރ ކޯޓުތަކުގެ އިސް ގާޒީން ހަމަޖެއްސުމާއި އަދި ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ހަމަޖެއްސުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި، ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ޖޭއެސްސީގެ ޒިންމާއެއްކަން ކޮމިޝަންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޖޭއެސްސީގެ ބަޔާނާއި ގުޅިގެން ހައިލަމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ފަނޑިޔާރަކު ސަލާން ބުނީމުން ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރަށް ހިންގުން ޙަވާލުކޮށްފައި، ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން ނޫނީ އިސްފަނޑިޔާރަށް ޕްރޮމޯޝަނެއް ލިބުމުން އެންމެ ފަހުން ކޯޓަށް ނަގާ ފަނޑިޔާރާ ކޯޓު ހިންގުން ޙަވާލުކުރަނީ ބުއްދީގެ ކޮން ހަމައަކުން ކަމާއި މެދު ޖޭއެސްސީން ޖަވާންދޭން ކަމަށެވެ. އަދި ވިދާޅުވީ ކިތަންމެ ހިތްޕުޅާ ހަމަނުވިޔަސް ރަނގަޅަށް އުޞޫލެއް ހައްދަވާކަށްވެސްޖޭއެސްސީގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައެއް ނުގަންނަވާ ކަމަށާއި ހައްދަވާ އުޞޫލަކާ އެއްގޮތަށް ޢަމަލެއް ވެސް ޖޭއެސްސީން ނުކުރާ ކަމަށް ހައިލަމް ވިދާޅުވިއެވެ. 

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި  ކޯޓު ހިންގުމާއި ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއަކަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް އޮކްޓޯބަރު 28 ގައި ކޮމިޝަނުން ގެޒެޓުކޮށްފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ކޯޓެއްގެ އިސް ފަނޑިޔާރަކު ވަޒީފާ އާއި ބެހޭ ގާނޫނުގައި ބަޔާން ކުރާ ޗުއްޓީއެއްގައި ހުރެއްޖެނަމަ ނުވަތަ އިސްފަނޑިޔާރަކު ސަލާމުގައި ހުރެއްޖެނަމަ އެ ކޯޓެއް ވަގުތީގޮތުން ހިންގުމާއި ހަވާލުވާނީ އެ ކޯޓެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެތަނެއްގައި ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުންކަމަށް އުސޫލުގައި ބަޔާންކޮށްފައިވާއިރު ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތެއްގައި އެ އުސޫލަށް އަމަލު ކުރުމުން އިސްތިސްނާވެގެން ވާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ބުނެފައިވަނީ ކޯޓުގެ އިސް ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ހާލަތުގައި އިސްފަނޑިޔާރުކަން ދާއިމަށް ހުސްވާ ހާލަތުގައި ވަގުތީ ގޮތުން މީހަކާއި އެ މަސްއޫލިއްޔަތު ހަވާލު ކުރުމުގައި ކޮމިޝަނުން އަމަލު ކުރަނީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ. އަދި ކޮމިޝަނުން ވަގުތީ ގޮތުން ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާއި ހަވާލު ކުރަމުންދަނީ، ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވެސް ވަނަވަރު އަދި ރިކޯޑު ފައިލްގައި ހުރި ލިޔެކިއުންތަކަށް ބެލުމަށްފަހު އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާ، އަހުލާގާއި ގާބިލްކަމަށް ބަލައި އިސްފަނޑިޔަރުކަމަށް އެންމެ އެކަށޭނެ ފަރާތެއް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ އަގުލަބިއްޔަތުން ކަނޑައަޅައިގެން ކަމަށެވެ.

މީގެ އިތުރުން އެކި ސުލޫކީ މައްސަލަތައް ސާބިތުވެގެން ފަނޑިޔާރުކަމުން ވަކި ކުރުމަށް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދިނުމުން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ކޮމިޝަނުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ކުރާ މަސައްކަތާއި ބެހޭ ގޮތުން އާއްމުންނަށް ކަން ހިނގާދިޔަ ގޮތް އޮޅުވާލުމަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ދައްކާ ވާހަކަތައް ކޮމިޝަނުން ކުށްވެރި ކުރާ ކަމަށެވެ. އަދި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާ ކުރަމުން ދާނީ ގާނޫނާއި ގަވާއިދުގައު ކަނޑައަޅާފައިވާ އުސޫލުތަކާއި ވެސް އެއްގޮތަށް ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: