ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު، ނަޝީދަށް: ހައްދުފަހަނަ އެޅުމާ ދުރުވެ، ޕާޓީގެ ވެރިއަކީ ކޮބައިކަން ރައީސް ސޯލިހުއާ ވާހަކަދައްކައިގެން ނިންމަވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުފަހަނަ އެޅުމާ ދުރަށްޖެހި، އެމްޑީޕީގެ ވެރިއަކީ ކޮބައިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާހަކަދައްކައިގެން ނިންމެވުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފިއެވެ.

ސައީދު މިކަމަށް ގޮވާލީ “އިންޑިއާ އައުޓް” ގެ ނަމުގައި ސޯޝަލް މީޑިއާގައި މިހާރު ހިންގަމުން އަންނަ ހަރަކާތުގެ އަޑީގައި ތިބީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފުރަތަމަ އިސްލާހުވާންވީ ނަޝީދު ކަމަށާއި އެގޮތުން ހައްދުފަހަނައެޅުމުން ދުރަށްޖެހި ޕާޓީގެ ވެރިއަކީ ކޮބައިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާހަކަދައްކަވައިގެން ނިންމެވުން ރަނގަޅުވާނެ ކަމަށެވެ. އަދި ގައުމީ ކަންކަމުގައި ގޮތް ކިޔާނީ ދިވެހިން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހަރުކަށި މީހުން އަޑީގައި ތިބެގެން ހިންގާ އެ ހަރަކާތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީޕީއެމުން އެއްބާރުލުންދީ އެ މީހުންގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ.

އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: