ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްސްފޯޑުން އުފައްދާ ކޮވިޑް ވެކްސިންގެ މަސައްކަތް އަލުން ފަށައިފި

ކޮވިޑް-19
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްސްފޯޑުން އުފައްދާ ކޮވިޑް ވެކްސިންގެ މަސައްކަތް އަލުން ފަށައިފިއެވެ.

 ވެކްސިންގެ މަސައްކަތް މެދުކަނޑާލަން ޖެހުނީ ވެކްސިން ޓެސްޓު ކުރުމުގެ ތެރޭގައި ބައިވެރިޔަކު ބަލިވުމާ ގުޅިގެންނެވެ.

އޮކްސްފޯޑުން ނެރެފައިވާ ބަޔާނެއްގައި ބުނީ ބައެއް ބައިވެރިން ބަލިވާނެ ކަމަށާއި ޓެސްޓު ކުރުމުގެތެރޭގައި މިފަދަ ކަންކަން ދިމާވާނެ ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ވެކްސިން ގެ މަސައްކަތް މަޑުޖައްސާލާފައި އޮތީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށެވެ.

އޮކްސްފޯޑް އިން ވަނީ ވެކްސިންގެ ރައްކާތެރިކަމާ މެދު އިތުރު ފިޔަވަޅުތަކެއް އެޅުމަށްފަހު އަލުން ވެކްސިންގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 180 އަށްވުރެ ގިނަ ވެކްސިން މިހާރުވެސް ޓެސްޓު ތަކުގެ އެކި މަރުހަލާތައް ކުރިޔަށް އެބަ ގެންދާ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: