ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހީމްގެ ރައްދު ނިހާދަށް: ރައީސް ނާސިރަށް އަނިޔާވެރިވި ގޮތަށް ރައީސް ޔާމީނަށް އަނިޔާވެރިއެއް ނުވެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ 80ގެ އަހަރުތަކެއް ނޫން ކަމަށާއި ރައީސް އިބްރާހިމް ނާސިރުއަށް އަނިޔާވެރިވި ގޮތަށް ރައީސް އަބްދުﷲ ޔާމީނަށް އަނިޔާވެރިއެއް ނުވެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މުދާ ވިއްކައިގެން ވިޔަސް ދަޢުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވުމާ ގުޅިގެންނެވެ.

ނިހާދަށް ރައްދު ދެއްވަމުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ 80ގެ އަހަރުތަކެއް ނޫން ކަމަށާއި ރައީސް ނާސިރުގެ މުދާ ދައުލަތަށް ނަގައި ހަވަރަށްދީ އެމަނިކުފާނު ގަން ހިންގައި ރަށުން ބޭލިހެން ރައީސް ޔާމީނާ މެދު އެގޮތަށް އަނިޔާވެރިއެއް ނުވެވޭނެ ކަމަށެވެ.

“އަޅުގަނޑުމެން ރައީސް ޔާމީނަށް އިންސާފު ހޯދައިދޭނަން. އިންޝާﷲ.” ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސައިގެ އަޑުއެހުމެއް ތާވަލު ކުރުމާ ގުޅިގެން ނިހާދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކައުންޓް ފްރީޒްކުރުމުން ނުނިމޭ ކަމަށާއި، ރައީސް ޔާމީންގެ މުދާ ވިއްކައިގެން ވިޔަސް ދަޢުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމުގެ އަމުރެއް މިދިއަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ އެވެ. އެ އަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފި ނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 54%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޑޮކްޓަރ ޝަހީމް ނާސިރު ވެސް ދިވެހިއެތަކެއް ރައްޔިތުންގެ މުދާ ފޭރި ަަެަަަަެަަަެަަަަެަަެަަަަެަަަެަަަަަަެަަަަެަަަެަަަަެަަެަަަަެަަަެަަައެތަކެއް ބަޔަކު ޔަތީމކޮށް ކުށެއްނެތް އެތައް ބަޔަކުހަވަރަށް ދިން .ރަށެއްގެ ރައްޔިތުން ރަށުން ބާލައި މުޅި ރާއްޖޭގައި ގަންހިންގި. ﷲ ތަޢާލާ އިންސާނާ ކުރާ ޢަމަލުތައް ދެނެވޮޑިގެންވޭ.އެނިކަމެތި އިންސާނުންގެ ދަރިން ވެސް ބިކަވެ ނިކަމެތި ހާލުގައި ގެއާ މުދަލާ ބީކޮށްލީ އެއިއްޒަަތްތެރި މަނިކުފާނުގެ ބޭފުޅުން ވެސް އަވަހާރަވެ އެބޭފުޅާ ވެސް އެ ބޮޑު ގަނޑުވަރުގައި ހުންނވަން އިރާދަ ނުކުރެއްވި މިއީ ޢބްރަތް ލިބިގަންނަން ޖެހޭ ފިލާވަޅު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: