ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން އެކައުންޓެންޓުންގެ އިދާރާއިން ޔައުގޫބް އިސްތިއުފާދެއްވައިފި

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ހަމަޖެއްސުމުން ފެންމަތިވި ޤާނޫނީ މައްސަލަތަކަކާއި ގުޅިގެން އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލަށް ޔައުގޫބު އައްޔަން ކުރެއްވީ އެ ކައުންސިލްގެ ރައީސް އޮޑިޓަރ ޖެނެރަލްއެވެ. އަދި އެކަމުގައި ޤާނޫނީ ގޮތުން މައްސަލަތަކެއް ފެންމަތިވީ އެމަޤާމަށް އައްޔަންކުރެއްވި އިރު ޔައުގޫބު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ކަމަށްވާތީއެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި ކަނޑައަޅާ އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ ވަޒީރުން މަޖިލީހުގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ވަޒީރުންގެ ނާއިބު ކަމާއި ދައުލަތުގެ އެފެންވަރުގެ އެއްވެސް މަގާމަކާއި މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރު ކަމެއް ނުވަތަ މުސްތަގިއްލު މަގާމެއް ސިވިލް ސާވިސްގެ މަގާމެއް އަދާ ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ހިޔާލު ތަފާތުވުންތައް އުފެދިފައިވާ އިރު، ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ ޤާނޫނު އަސާސީ 73 ވަނަ މާއްދާ އާއި ހަވާލާދީއެވެ. ނަމަވެސް ޔައުގޫބު ހަމަޖެއްސީ އިންތިގާލީ ކައުންސިލެއްގެ މެންބަރަކަށް ކަމަށްވުމުން އޭގައި މައްސަލައެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

މި މައްސަލައާއި ގުޅިގެން ޔައުޤޫބު ވިދާޅުވެފައިވަނީ އެ މަގާމު ގަބޫލުކުރެއްވީ ގާނޫނީ ލަފާވެސް ހޯއްދަވައިގެން ކަމަށެވެ. އެގޮތުން އެމަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އޮޑިޓަރ ޖެނެރަލް ހޯއްދަވަން ޖެހިވަޑައިގަންނަވާ ޤާނޫނީ ލަފާތައްވެސް ހޯއްދެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުޤޫބު ވިދާޅުވީ އިންތިގާލީ ކައުންސިލުގައި ނީދެވެންވީ އެއްވެސް ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން ވަރަށް ގިނަ ވަކީލުންގެ ފަރާތުން ދެ ގޮތަށްވެސް ލަފާ ލިބުނު ކަމަށާއި ނަމަވެސް ހިޔާލު ތަފާތުވުންތަކާއި ގުޅިގެން މަޤާމުން ވަކިވާން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.

ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެންބަރު ކަމަށް ޔައުޤޫބު އައްޔަންކުރީ ޕްރޫޑެންޓް ޗާޓާޑްގެ މެނޭޖިން ޕާޓްނަރުގެ ހައިސިއްޔަތުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: