ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ސިފަކުރަން ނަޝީދު ކުރާ މަސައްކަތް ހުއްޓާލަން އިދިކޮޅުން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ސިފަކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރާ މަސައްކަތް ހުއްޓާލަން އިދިކޮޅުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން މިހެން މި ބުނީ “އިންޑިއާ އައުޓް”އޭ ގޮވަނީ ރާއްޖޭގައި ތިބި އައިއެސްގެ ސެލްތަކުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

ޕީޕީއެމް/ޕީއެންސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޯލިޝަނާއި ރައްޔިތުން މަސައްކަތް ކުރަނީ އައިއެސްއައިއެސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުން އެކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން ހަރުކަށި އަދި ހައްދު ފަހަނައަޅާފައިވާ އެއްވެސް ފިކުރަކަށް ތާޢީދެއް ނުކުރާނެ ކަމަށާއި ދިވެހިރާއްޖޭގައި ޓެރަރިޒަމް އާއި ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާ ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވަނީ ވެސް ޕީޕީއެމްގެ ވެރިކަމުގައި ކަމަށް އެކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

“ހަމައެއާއެކު ރާއްޖެއިން ބޭރުގެ އެއްވެސް ބައެއްގެ ޖާއިޒް ނޫން ނުފޫޒެއް އަޔަނުދީ، ސިޔާދަތީ ބާރު ދިވެހިންނަށް ކަށަވަރު ކޮށްދިނީ ވެސް ޕީޕީއެމްގެ ވެރިކަމުގައެވެ. އަދި ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންކަމާއި، ދިވެހި ޤައުމުގެ ކަންކަން ނިންމާނީ ދިވެހިން ބޭނުންވާ ގޮތަށް ކަމާއި، އެއުސޫލުތައް ސާބިތުކަންމަތީ ހިފެހެއްޓެވީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.” އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އެ ކޯލިޝަނުން ބުނީ ރާއްޖޭގައި ދީނީގޮތުން ބައިބައިވުން އުފެދޭ ގޮތަށާއި އިސްލާމް ދީނާއި ބީރައްޓެރި ހިޔާލުތަކަށް ފުރުސަތު ފަހިވާ ގޮތަށް ހިތްވަރު ނުދިނުމަށާއި، ދިވެހިންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ސިފަ ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ރައީސް ނަޝީދަށް ގޮވާލާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: