ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެ މީހަކު އައްޑޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ ހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި ބަންގްލަދޭޝް މީހެކެވެ. ދެން ޕޮޒިޓިވްވި މީހާއަކީ ގަމުގައި ކަރަންޓީންގައި ހުރި މީހެކެވެ.
މި ދެ މީހުންނާއެކު އައްޑޫ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ. ނަމަވެސް އެންމެފަހުން މި ބައްޔަށް ޕޮޒިޓިވްވި ދެ މީހުން ފިޔަވައި އެހެން އެންމެން މިހާރު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

