ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ކޮވިޑަށް ޓެސްޓު ކުރެވެންޖެހޭނެ: ބޮންޑޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިންޓަނޭސަނަލް ހުރިހާ އެއަރޕޯޓެއްގައި ކޮވިޑް ޓެސްޓް ގެ ހިދުމަތް ލިބެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޚުވެއްޖެއެވެ.

ބޮންޑެ ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ގެނެވޭނީ އެއާޕޯޓުތަކުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތްތައް ހަދައި އަދި ޓެސްޓިން ކެޕޭ ސިޓީ އިތުރު ކުރެވިގެން ކަމަށެވެ.

ރާއްޖޭގައި ބައެއް ތަންތަނުން ފަތުރުވެރިޔަކު އެންމެ ކުޑަކޮށްވެސް ޓެސްޓު ކޮށްދެނީ ބާރަ ސަތޭކަ ނުވަތަ ފަނަރަ ސަތޭކައަށް ކަމަށާއި، އެއާޕޯޓުތަކުގައި އެކަންކުރެވޭ ނަމަ ސަރުކާރަށްވެސް ފައިދާވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ އެއާޕޯޓުތަކުގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ޚިދުމަތް މިހާރު އަންނަނީ ދެމުންނެވެ. އެގޮތުން ތައިލޭންޑާއި އިންޑިއާ ފަދަ ގައުމުތަކުގައި އެ ޚިދުމަތްވަނީ ފަށާފައެވެ.

ތައިލޭންޑަށް އެތެރެ ވުމާއެކު ކޮވިޑް-19 އަށް ޕީސީއާރު ޓެސްޓެއް ހަދައެވެ. އިންޑިއާގެ މުމްބާއީ އެއާޕޯޓުގައިވެސް މިހާރު ޕީސީއާރު ޓެސްޓް އަންނަނީ ހަދަމުންނެވެ. އަދި ނަތީޖާ ލިބެންދެން އަށް ގަޑިއިރު މަޑުކުރަންޖެހެއެވެ.

ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގައި މިވަގުތު ޕީސީއާރު ޓެސްޓް ހެދޭކަށް ނެތެވެ. މާލެ ސަރަޙައްދުގައި މިހާރު ކޯވިޑް-19އަށް ޓެސްޓް ހެދެނީ އައިޖީއެމްއެޗާއި އޭޑީކޭއާއި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައެވެ.

މީގެ އިތުރުން ދަތުރުވެރިންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެއީ ދުވާލަކަށް 20 ސާމްޕަލްއެވެ.

އެއާޕޯޓުން ޕީސީއާރު ޓެސްޓް ހެދުމުގެ މުހިތްމުކަން ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން އެއް ގަޑިއިރު ތެރޭގައި 96 ސާމްޕަލްގެ ނަތީޖާލިބޭ މެޝިންހުރިކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުން ރާއްޖެ އަންނަ ދަތުރުވެރިންނާއި ރާއްޖޭން ފުރާ މީހުންވެސް އެއްޗެސް ތަކްލީފަކާއި ނުލާ އެއާޕޯޓުން ޓެސްޓުކުރެވޭނެއެވެ. އަދި އެކަމަކުގެ ސަބަބުން އާމްދަނީވެސް އިތުރުވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ފަތުރުވެރިން ރާއްޖެ ގެނައުމަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓު ބޭނުން ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއާޕޯޓުތަކުގައި ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހުމަކީ ވަރަށް މުހިތްމު ކަމެކެވެ. މިސާލެއްގެ ގޮތުން އެފަރާތްތަކުން ދެއްކީ، ފަތުރުވެރިން ރާއްޖެއައިސް އެމީހުންގެ ޓެސްޓް ރިޕޯޓު މާނަކުރަންވެސް އެތައް ގަޑިއިރެއް އެއާޕޯޓުގައި ހޭދަކުރަންޖެހުމެވެ.

އެފަރާތްތަކުން ދެކޭ ގޮތުގައި ފަތުރުވެރިން އެނބުރި ގައުމަށް ދިއުމުން ކަރަންޓީގައި މަޑުކުރަން ނުޖެހޭ ސޭފް ޓްރެވަލް ލިސްޓުގައި ރާއްޖެ ހިމެނުމަށް ޓެސްޓިން ކެޕޭސިޓީ ބޮޑުތަނުން އިތުރުކުރަންޖެއެވެ.

ތިން އެއާޕޯޓެއް ބޭނުންކުރަން ނިންމާފައިވާ އިރު ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ ބަލި ނެތްކަން އެނގޭނެ ލިޔުމަކާ އެކު ނޫނީ މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުންނަށް ރާއްޖެ ނާދެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޓޫރިސްޓުންނާއި ރާއްޖެ އަށް ކުރު މުއްދަތަކަށް ޒިޔާރަތްކުރާ އެންމެން ވެސް ޕީސީއާރު ޓެސްޓެއް ހަދައި، ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމުގެ ސެޓްފިކެޓެއް ގެންނަން ވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ޓެސްޓަކީ ރާއްޖެ އަންނަން ފުރުމުގެ ކުރިން ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ހަދަންޖެހޭ ޓެސްޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: