ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރަނީ!

އެމްޑީޕީގެ ފަރާތުުން ބޭއްވި ބޮޑު އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރުމާއި އުވާލުމުގެ އިތުރުން، ސަސްޕެންޑްކުރެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު މިހާރު އޮންނަ ގޮތުން، ޕާޓީތަކާއި މެދު އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ ޖޫރިމަނާ ކުރުމާއި އެ ޕާޓީއެއް އުވާލުމެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް “ސަންގު” އަށް ވިދާޅުވީ ގާނޫނަށް އިސްލާހު ހުށަހަޅުމަށް ޑްރާފްޓެއް އެކުލަވާލައި ބަންޑާރަނައިބު އޮފީހަށް ފޮނުއްވުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އަމަލު ނުކުރުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި، އެޕާޓީއެއް ސަސްޕެންޑު ކުރުން ހިމަނަން ނިންމާފައިވާ ކަމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ސިޔާސީ ޕާޓީ އަކާއި މެދު އެޅެން އޮންނަ ފިޔަވަޅަކީ ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުން ކަމަށާއި އެހެން ކޮމިޝަނުގެ ވިސްނުން ހުރީ އެ ދެމެދަށް ސިޔާސީ ޕާޓީ ސަސްޕެންޑް ކުރުން ހިމެނުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ، ސިޔާސީ ޕާޓީތަަކީ އެހާ ފަސޭހައިން އުވާލެވޭ އެއްޗަކަށް ވެގެންދިޔަ ނުދިނުމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މުއްދަތެއްގައި ކުރަންޖެހޭ ކަމެއް ނުކޮށްފިނަމަ އެ ޕާޓީއަކަށް އެކަން އިސްލާހުކުރުމަށް މުއްދަތެއްދީގެން އެކަން ނުކޮށްފިނަމަ ޕާޓީ ސަސްޕެންޑް ކުރެވޭ ގޮތަށް އިސްލާހު ގެނައުމަކީ ކޮމިޝަނުގެ ވިސްނުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

“މިސާލަކަށް ބަލަމާ ހިނގާ، ގާނޫނުގައި އެބަ ބުނޭ ކޮންމެ ފަސް އަހަރަކުން ކޮންގްރެސް ބާއްވަން، ނުބާއްވައިފި ނަމަ ޕާޓީ އުވާލަން ވާނޭ، އެކަމަކު މި ގެންނަން އިސްލާހުން ކޮންގްރެސް ނުބާއްވައިގެން ސަސްޕެންޑް ކުރެވިދާނެ، އެހިސާބުން އެ ޕާޓީއަކަށް ބޭއްވޭނީ ކޮންގްރެސް، އެހެން ސިޔާސީ ހަރަކާތެއް ނުބޭއްވޭނެ” އަކްރަމް

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕް 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުުރުމަށް ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

އަކްރަމް ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ޑްރާފްޓްގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށް ހިމަނާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: