ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލާ: ސައީދު

ޕީއެންސީގެ ނައިބްރައީސް މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟
ބޭންކު އޮފް މޯލްޑިވްސް(ބީއެމްއެލް)ަ އަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދެއް ކަމުގައި 250 ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. ބީއެމްއެލްއިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ސައީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ބީއެމްއެލްއަށް ޕްރެޝަރު ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ބީއެމްއެލްއަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ސައީދު ވިދާޅުވިއެވެ.

“ބޭންކު ސިޔާސީ ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް. މިއީ ވިޔަފާރިވެރިން ކުރާ އިތުބާރު ގެއްލި އެތަކެއް އަހަރެއްގެ ތެރޭގައި ހޯދި ކުރިއެރުން ފަހަތަށް ޖެހޭނެ ކަމެއް،” ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ބޭރުގައި ތިބި ދިވެހީންގެ އިތުރުން ކުދި ވިޔަފާރިތަކަށް ބީއެމްއެލުން ގެނައި ބަދަލުގެ ސަބަބުން ވަރަށް ބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ބީއެމްލްއިން ބުނީ ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މިވަގުތު ލިމިޓް ކުރަން މަޖުބޫރުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރު މަދުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު މަދުކުރުމަށް ޓަކައި ކަމަށެވެ. އަދި މިހާރު ހުރި ޑޮލަރު ކޮންމެހެން ޒަރޫރީ ކަންކަމަށް ބޭނުން ކުރުމުގެ މުހިންމުކަން މިވަގުތަށް ބޮޑުވެފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: