ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކާއި، އެއްވުންތައް ބާއްވާ ފަރާތްތަކުގެ މަޢުލޫމާތު އެޗް.އީ.އޯ.ސީ އިން ހޯދަނީ!

ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް: ޑރ. އިބްރާހިމް އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ ހަފްލާތަކާއި، އެކި ކަހަލަ އެއްވުންތައް ބާއްވާ ފަރާތްތަކުގެ މަޢުލޫމާތު ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހޯދަންފަށައިފިއެވެ.

މިފަދަ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކޮށްދިނުމައް އެޗްއީއޯސީ އަށް ހިއްސާކޮށްދެއްވުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިދަނޑިވަޅުގައި އެއްވުންތައް ބާއްވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗް.ޕީ.އޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކަށް ދާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއްއެޅިނަމަވެސް، ރާއްޖޭގައި އެފަދަ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުން އަދި އެ ސެންޓަރުން ނުގެންގުޅޭކަމަށެވެ.

“އެހެންނަމަވެސް ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، މުޖުތަމަޢުގެ ތެރެއިން ފެންނަކަންކަމާމެދު އެޗް.އީ.އޯ.ސީގެ ތެރޭގައި ދަނީ  މަޝްވަރާކުރަމުން، ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާގުޅޭގޮތުންވެސް ކޮންމެ ދުވަހަކު މަޝްވަރާކުރަން” ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އެއްވުނަތަކާއި ޕާޓީތައް ނުބޭއްވުމައް އެޗްއީއޯސީ އިން ދަނީ ތަކުރާރުކޮއް އެދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: