ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް އައްޔަނު ކުރެއްވުމުން ގާސިމްގެ މަރުހަބާ ނަޝީދަށް!

ކުރީގެ ރައީސް ނަޝީދާއި ޖޭޕީ ލީޑަރު ގާސިމް -- ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން މަސަައްކަތްކުރާ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ ކްލައިމެޓް ވަލްނަރަަބުލް ފޯރަމް(ސީވީއެފް) ގެ ތީމެޓިކް އެމްބެސެޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހަމަޖެއްސުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ނަޝީދު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

މަޖިލީހުގެ އިދާރާއިން ރޭ ބުނީ ސީވީއެފްގެ އެމްބެސެޑަރުކަމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން، ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ރިޔާސަތާއި އެ ފޯރަމްގައި ހިމެނިވަޑައިގަންނަވާ ބަންގްލަދޭޝްގެ އިސް ބޭފުޅުންނާ ނަޝީދު ބައްދަލު ކުރައްވާފައިވާ ކަަމަށެވެ. އެ މަނިކުފާނު ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވިި ބޭފުޅުންގެ ތެރޭގައި، އެ ފޯރަމްގެ ރިޔާސަތު ބެލެހެއްޓެވި ޑރ. އަބްދުލް ކަލާމް އާޒާދާއި ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރްމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުގެ ހައިސިއްޔަތުން ނަޝީދު މަސައްކަތްޕުޅު ކުރައްވާނީ ޕެރިސް އެގްރިމެންޓުގައި ހިމެނޭ ކަންތައްތައް މި އަހަރު ނިމުމުގެ ކުރިން ތަަންފީޒު ކުރަން ގައުމުތަކަށް ބާރު އެޅުއްވުމަށެވެ. އެ އެގްރިމަންޓުގައި ބައިވެރިވެފައިވާ ގައުމުތަކުން ބޭނުންކުރާ ހަކަތައިގެ 100 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ އަށް ހަދަން މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ބާރު އަޅުއްވާނެ އެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: