ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ސަސްޕެންޑުކޮށްފި

ސޫޒަން، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއެކު: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑު ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ސޫޒަން ސަސްޕެންޑު ކުރީ އޭނާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށާއި، ސީއެސްސީގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި ހިންގި ހާއްސަ އޮޑިޓު ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތަ ބަލައި ނިމެެންދެން ކަމަށެވެ.

އެގޮތުން ސޫޒަން ސަސްޕެންޑު ކުރީ މިއަދު ފެށިގެން 30 ދުވަހުގެ މުއްދަތަށް މުސާރަ ލިބޭ ގޮތަށް ކަމަށް ސީއެސްސީން ބުނެއެވެ.

ސޫޒަން ޕީއެސްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހު 27 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 43%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: