ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ދެމިއޮތްހާ ހިނދަކު އިސް ފަނޑިރާރުން ތިބުމާއި ނެތުން ހަމަހަމަ: ޑރ އަހުމަދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ އުއްތަމަ ފަނޑިުާރު ޑރ އަހުމަދު އަބްދުﷲ ދީދީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ދެމިއޮތްހާ ހިނދަކު ކޯޓުތަކުގައި އިސް ފަނޑިޔާރުން ތިބުމާއި ނެތުން ހަމަހަމަ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓަށް ދާއިމީ އިސް ފަނޑިތާރަކު އައްޔަން ނުކޮށް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓިގެ ފަނޑިޔާރު އާދަމް މުހައްމަދުއާއި ޖޭއެސްސީން ހަވާލު ކުރުމުން އެކަމަށް އިޝާރާތް ކުރައްވައި ޑރ އަހުމަދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީ ގެ ޤާނޫނަށް ގެނެސްފައިވާ ޢައިރު ދުސްތޫރީ އިޞްލާޙުތައް ދެމިއޮތްހައި ހިނދަކު، ކޯޓުތަކުގައި އިސް ފަނޑިޔާރުން ތިބުމާއި ނެތުމަކީ ހަމަހަމަ ކަމެއް ކަމަށެވެ.

ޑރ އަހުމަދު ވިދާޅުވީ ކޯޓުތަކުގައި ތިއްބަވާ އިސް ފަނޑިޔާރުންގެ މަސްއޫލިއްޔަތު މުސްތަގިއްލު ކަމާއިއެކު އަދާމުކުރެވޭ ކަމަށްވާނަމަ ކޯޓުތަކުގައި އިސް ފަނޑިޔާރުން ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑތ އަހުމަދު ކޯޓުތަކަސް އިސް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީން ގެންގުޅޭ އުސޫލްތަކަށް ފާޑުވިދާޅުވެފައިވާއިރު ކްރިމިނަލް ކޯޓަށް އިސް ފަނޑިޔާރަކު އައްޔަން ނުކޮށް ނުވަ މަސް ދުވަސް ވެފައި ވާތީ އެ ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީއަކާ ޙަވާލުކޮށްގެން ޖޭއެސްސީން 9 މަސް ދުވަހު ތިބި ތިބުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިލާފްވުން ކަމަށާއި އެއީ ޖޭއެސްސީން ވެފައިވާ ބޮޑު އިހުމާލެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

ކޯޓުތަކަށް އިސް ފަނޑިޔާރުން ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ވާހަކަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައި ވީނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން 28 އޮކްޓޯބަރު 2019 ދުވަހު “ދާއިމީ ފަނޑިޔާރުން ހަމަޖެހިފައިނުވާ ކޯޓުތަކުގެ ހިންގުން ޙަވާލުކުރުމުގައްޔާއި، ކޯޓު ހިންގުމާ ޙަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ އެކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ޙަވާލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު”ގެ ނަމުގައި އުސޫލެއް ޢާންމުކުރުމާ ހަމައަށް ކޯޓުތައް ހިންގުން ވަގުތީގޮތުން ޙަވާލުކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެއްވެސް އުސޫލެއް ނެތެވެ.

ޖޭއެސްސީގެ މި އުސޫލަކީ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ ވަގުތީގޮތުން ހިންގުމާ ޙަވާލުވެ ހުންނަވާ ފަނޑިޔާރު މަސައްކަތަށް ނުކުތުމަށް ޢުޛުރުވެރިވެއްޖެނަމަ އެކޯޓެއް ހިންގުން އެހެން ފަނޑިޔާރަކާ ޙަވާލުކުރުމުގައި ޢަމަލުކުރުމަށް އެކުލަވާލާފައިވާ އުސޫލެއްކަމަށް ވިޔަސް، މި އުސޫލުގައި ފަނޑިޔާރު މަސައްކަތަށް ނުކުތުމަށް ޢުޛުރުވެރިވެދާނެ ޙާލަތްތައް ޙަޞްރީކޮށް ބަޔާންކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.

ވަގުތީގޮތުން ހިންގުން ޙަވާލުކުރެވިދާނެ ފަސް ޙާލަތެއް މިއުސޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޗުއްޓީތަކާއި ރަސްމީ މަސައްކަތަށް ވީއްލުމާއި ޒިންމާއިން އެކަހެރިކުރުމުގެ އިތުރުންވެސް މަސައްކަތަށް ނުކުތުމަށް ޢުޛުރުވެރިވެދާނެ ޙާލަތްތައް ހުރެދާނެކަން ޖޭއެސްސީއަށް އަންދާޒާކުރެވިފައި ނެތެވެ.

އިސް ފަނޑިޔާރު މަޤާމުން އިސްތިއުފާދިނުމާއި ހިންގުމާ ޙަވާލުވެ ހުންނަވާ ފަނޑިޔާރަށް ޕްރޮމޯޝަނެއް ލިބުމުގެ އިތުރުން އިސްފަނޑިޔާރު ސަސްޕެންޑްކުރެވޭ ޙާލަތުގައިވެސް ރަސްމީ މަސައްކަތަށް ޙާޟިރު ނުވެވޭނެކަން ވިސްނިފައި ނެތީއެވެ.

މި އުސޫލުން އެންމެ ބޮޑަށް ފާހަގަކުރެވޭ އަނެއްކަމަކީ، ވަގުތީގޮތުން ކޯޓުތަކުގެ ހިންގުން ޙަވާލުކުރުމުގައި ޢަމަލުކުރެވެނީ ވަރަށްވެސް ދެފުށް ފެންނަ ގޮތަށްކަމެވެ. އެގޮތުން ވަގުތީގޮތުން ހިންގުން ޙަވާލުކުރެވިދާނެކަމަށް “ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ކޯޓުގެ ހިންގުން ޙަވާލުކުރާނީ، އެވަގުތު އެ ކޯޓުގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގެ ޚިދުމަތުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން” ކަމަށް މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: