ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫން އިތުރު 2 މީހަކު ޕޮޒިޓިވްވިވެ، ޖުމްލަ 44 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެދޫން އިތުރު ދެ މީހަކު  ކޮވިޑް-19 އަށް ޕޮޒިޓިވްވިވެ، އެ ރަށުން ބަލި ޖެހުނު މީހުންގެ ޖުމްލަ 44 އަށް އަރައިފިއެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން ރޭ ބުނީ، އިއްޔެ އެރަށުން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާއެކު އެރަށުން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 44 އަށް އަރާފައިވާ ކަމަށެވެ.

އެރަށުން ޕޮޒިޓިވްވީ މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެ ރަށުގައި ތިބީ 38 މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން އަންނަނީ ގއ. އަތޮޅު އައިސޮލޭޝަން ފެސިލިޓީގައެވެ.

ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކެވެ. އެއާ ގުޅިގެން އެ ރަށުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ހޯނޑެއްދުއަށް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާއިރު، އަލާމާތްތައް ހުރި މީހުންގެ ސާމްޕަލްތައް އަންނަނީ ނަގަމުންނެވެ.

މި ކޭސްތަކާ ގުޅިގެން ހޯނޑެއްދޫ މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެ ރަށަކަށް އަރައި ފޭބުން މަނާވާއިރު، އެ ރަށުގެ ސްކޫލްތަކާއި އާންމު ހިދުމަތްދޭ ތަންތަން ވެސް ވަގުތީ ގޮތުން މިހާރު ވަނީ ބަންދުކޮށްފައެވެ.

މާލެ ފިޔަވައި ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: