ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ފެތުރޭ މިންވަރު ދަށްވި ނަމަވެސް އަދި ފިޔަވަޅުތަކަށް ލުއިދެވޭކަށް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމުގައި އެދެވޭ ކުރިއެރުންތަކެއް ލިބެމުނު ނަމަވެސް އަދިވެސް ފިޔަވަޅުތަކަށް ލުއިދެވެން ނެތްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްގައި ހިމެނިވަޑައިގަންނަވަނާި ޑރ. އަޙްމަދު ޝަޙީދު ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގައި ބަލާ މައިގަނޑު އަސާސްތަކާއި މިންކުރުންތަކަށް ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެދެވޭ ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ޑރ. ޝަޙީދު ވިދާޅުވީ އޮގަސްޓް މަހާ އަޅައިބަލާއިރު މިމަހުގެ ފުރަތަމަ ދެ ހަފްތާގައި ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވެފައިވާ ކަމަށެވެ. އެގޮތުން ފްލޫ ކުނިލިކުތަކަށް ދައްކާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އޮގަސްޓް މަހުގެ ތެރޭގައި 18 ޕަސެންޓާއި 20 ޕަސެންޓުގައި ހުރި ނަމަވެސް އެ އަދަދު މިމަހު 13 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެއްވެސް ކްލަސްޓާއަކާ ގުޅުމެއްނެތް ކޭސްތައްވެސް އޯގަސްޓް މަހާ އަޅާބަލާއިރު ފާއިތުވި ދެ ހަފްތާގައި 30 ޕަސެންޓާއި 35 ޕަސެންޓާ ދެމެދު ހިފެހެއްޓިފައިވާ ކަމަށާއި، ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދެގުނަވާން ނަގާ މުއްދަތުވެސް އޯގަސްޓް މަހާ އަޅާބަލާއިރު، ފާއިތުވި ދުވަސްތަކުގައި ލަސްކުރެވިފައިވާކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.

“އެއްވެސް ކަލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތައް ވެސް މިވަނީ ފާއިތުވި ތިން ހަފްތާގައި އެއްވަރެއްގައި ހިފެހެއްޓިފައި. ގާތްގަނޑަކަށް 30 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގައި،” ޑރ ސަހީދު ވިދާޅުވި އެވެ.

މި ހުރިހާކަމަކަށް ބަލައި ކޮންމެ ހަފްތާއަކުވެސް އެޕިޑަމިކް މޮނިޓަކުރުމުގައި ދޭ ޖުމްލަ ސްކޯރ މިދިޔަ އޯގަސްޓް މަހާ އަޅާބަލާއިރު، ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދެ ހަފްތާގައި ދަށްކުރެވިފައިވާކަމަށް ޑރ. ޝަޙީދު ވިދާޅުވިއެވެ.

“ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމާއި އަދި ރައްޔިތުންވެސް ފިޔަވަޅުތަކަށް ދިން ތަރުހީބާއި، އެއާއެއްގޮތަށް ޢަމަލުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އެބަފެނޭ އެދެވިގެންވާ ބަދަލުތަކެއް އަންނަތަން. އެގޮތުން ބަލާލާއިރު ފްލޫ ކްލިނިކްސްތަކުން ޕޮޒިޓިވްވާ އަދަދު އޯގަސްޓާއި އަޅާބަލާފައި ދަށަށް އެބަދޭ. ވީކްލީ ސްކޯރ ކޮންމެސްވަރަކަށް އޯގަސްޓްއާއި އަޅާބަލާފައި މިވަނީ ދަށްވެފައި. 6 އަކާއި 7 އަކާ ދެމެދު މިހާރު މިހުރީ. ކޮންމެވެސް ވަރަކަށް ސްޓޭބަލް ކުރެވިފައި” ޑރ. ޝަހީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފިޔަވަޅުތަކަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދާއިމީ ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށާއި ކޮވިޑު ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވެސް ލިބިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: