ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަކީ މިސަރުކާރުން އެޅި ހޮސްޕިޓަލެއް: އަހުމަދު ރަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެޅި ހޮސްޕިޓަލެއް ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަޙްމަދު ރަޝީދު މިހެން ވިދާޅުވެފައި ވަނީ ރޭ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު އައްޑޫގެ ޞިއްޙީ ނިޒާމު އޮތީ ވަރަށް ނިކަމެތި ޙާލެއްގައި ކަމަށާއި ހޮސްޕިޓަލުގައި އެއްވެސް ވަސީލަތެއް ނެތް ކަމުގައެވެ.

“މި ސަރުކާރު އައި އިރު އައްޑޫ ސިޓީ ހޮސްޕިޓަލު ހޫނުކަމުން، އެއްވެސް ވަސީލަތެއް ނެތް، އެންމެ ކުޑަމިނުން ސިރިންޖެއް ހިސާބު ވެސް ނެތް. މިއަދު ކޮންކަހަލަ ހޮސްޕިޓަލެއްތޯ އެ ހުރީ.” އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި މިވަގުތު ނެތީ އައްޑޫ ރައްޔިތުން ބޭނުންވާ ޚިދުމަތް ކަމަށާއި އެ ޚިދުމަތްތައް އެ ހޮސްޕިޓަލުން ނުލިބެނީ ކޮވިޑްގެ ޙާލަތާ ގުޅިގެން ދުނިޔެއަށް ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ކަމަށެވެ.

“ރައީސް ޔާމީންގެ ސަރުކާރުން ބޭނުމެއް ނުވި އައްޑޫގައި ހޮސްޕިޓަލެއް އަޅާކަށް. ދެން އިންތިހާބު ކައިރިވުމުން ކޮންމެވެސް ދަޅައެއް ދައްކާލުމުގެ ނިޔަތުގައި އެތަން ހޮސްޕިޓަލަކަށް ހަދަނިއޭ ކިޔާ ވާހަކަތަކެއް ދައްކަ ދައްކާ ތިބީ. މި ސަރުކާރުން އައިސް އެތާނގެ ފުރާޅުވެސް އަދި ހުރިހާ ކަމެއް ރަނގަޅުކޮށް ހޮސްޕިޓަލަކަށް ބަދަލު ކުރީ.” އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އަހުމަދު ރަޝީދު ވިދާޅުވީ އައްޑޫ ކުއެޓޯރިއަލް ހޮސްޕިޓަލަކީ މި ސަރުކާރުން އައްޑޫގެ ސިއްހީ ނިޒާމް ވަރުގަދަ ކުރުމަށް ތަރައްގީކުރި ހޮސްޕިޓަލެއް ކަމަށާއި މުޅި ހޮސްޕިޓަލާއި، އިކުއިޕްމެންޓް ފުލްކޮށްހެދީ މި ސަރުކާރުން ކަމަށެވެ.

“އެ އިމާރާތްވެސް ހެދީ އެމްޑީޕީގެ ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ސެންޓަރުގެ ނަމުގައި” އަހްމަދު ރަޝީދު ވިދާޅުވިއެވެ.

އައްޑޫ އިކުއޮޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ނަމުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ސާކު ސަމިޓަށް ބިނާކުރި އެ ކޮންވެންޝަން ސެންޓަރު، ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: