ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް މީހަކު ޕޮޒިޓިވްވެގެން އެޗް.ޕީ.އޭއަކުން މެސެޖެއް ނުކުރާނެ – ޑރ.ނަޒްލާ

ޑރ.ނަޒްލާ ރަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ނަމުގައި ހަގީގަތާއި ޚިލާފު މެސެޖުތަކެއް ދާކަން ފާހަގަ ކުރެވޭ ކަމަށާއި މީހަކު ޕޮޒްޓިވް ވެގެން އެޗްޕީއޭއިން ނުގުޅާނެ ކަމަށް އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވިކަން އަންގަނީ އައި.ޖީ.އެމް.އެޗްގެ ކްލިނިކަލް މެނޭޖްމަންޓް ޓީމް، ސީމެޓްގެ ފަރާތުން ކަމަށެވެ.

އަދި ކޮންޓެކްޓް ޓްރޭސިންގެ ކަންކަމަށާއި، އައިސޮލޭޝަނަށް ގެންދިއުމާއި މީހުން ކަރަންޓީން ކުރުމާގުޅޭގޮތުން ގުޅާނީ އެޗް.އީ.އޯ.ސީގެ ފަރާތުންކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

“އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެގެން އެޗްޕީއޭ އަކުން މެސެޖެއް ނުކުރާނެ. އެސްއެމްއެސް އެއް ނުދާނެ ޕޮޒިޓިވް ވެގެނެއް. އެގޮތަށް މެސެޖެއް ގޮސްފިއްޔާ އެއީ ރަނގަޅު މެސެޖެއް ނޫން.” ޑރ. ނަޒްލާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: