ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރުގެ މާލީ ބަޔާން: ވަޒީފާގެ މުސާރަ ފިޔަވައި އިތުރު އެއްޗެއް ނެތް!

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އެއް އަހަރު ދުވަހުގެ ތެރޭގައި، އަދާ ކުރައްވާ ވަޒީފާގެ މުސާރައާއި އިނާޔަތް ފިޔަވައި އެހެން މާލީ ނަފާއެއް ލިބިވަޑައިގަންފައި ނުވާ ކަމަށް މާލީ ބަޔާން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ މުއްދަތުގައި ޖާބިރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ. މާލީ ބަޔާން ހުށަހެޅުން ލަސްވީ ބޭނުންވާ ބައެއް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށް  ޖާބިރު ވިދާޅުވެފައިވެއެވެ. އަދި އޭނާ މާލީ ބަޔާން ހުށަހެޅުއްވީ އިތުރަށް ދީފައިވާ 15 ދުވަސް ހަމަވާން އޮތް ދުވަހުއެވެ.

މަޖިލިސް ގަވައިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

ޖާބިރުގެ މާލީ ބަޔާނުގައި ވާ ގޮތުގައި 2 މޭ 2019 އިން 27 މޭ 2020 އަށް އޭނާ ލިބިވަޑައިގަތީ މަޖިލީހުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންނެވި މާލީ މަންފާއެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގެންފައިވާ 765،776.36 ރުފިޔާ އެކަންޏެވެ.

މަޖިލިސް މެންބަރުކަން ކުރެއްވުމުގެ އިތުރުން ޖާބިރު މާލީ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ބައެއް އަމިއްލަ ވިޔަފާރިވެސް ހިމެނެއެވެ.

އެގޮތުން ޔޮޓް ޓުއާސްގެ ޗެއާމަންގެ މަގާމާއި އެޓޯލް ޑައިވިން ޓުއާސް އާއި ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް އަދި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކީ ޖާބިރު ކަމަށް މާލީ ބަޔާނުގައި ހިމަނާފައިވެއެވެ. ނަމަވެސް އޭގެން އެއްވެސް ވިޔަފާރިއަކުން މާލީ ނަފާއެއް ލިބުނު ކަމަކަށް ބަޔާންކޮށްފައެއް ނެތެވެ.

މާލީ ބަޔާނުގައި ދެން ފާހަގަކޮށްފައިވަނީ ޖާބިރުގެ މިލްކިއްޔާތުގައި 20 މިލިޔަން ރުފިޔާގެ ހ. ތިމާވެއްޓާއި، ކ. ކާށިދޫގައި 3.5 މިލިޔަން ރުފިޔާގެ “ޖާބިރުގެ” ނަމުގައި ހިމެނޭ ތަންތަނުގެ އިތުރުން ރާއްޖޭން ބޭރުން ބައްލަވާގެންފައިވާ ގެއެއްހުރިކަމެވެ.

ބީއެމްއެލްގައި ޖާބިރުގެ ތިން އެކައުންޓާއި އެސްބީއައިގައި ދެ އެކައުންޓް އަދި ހަބީބު ބޭންކުގައި ދެ އެކައުންޓް ހިމެނެއެވެ.

ބީއެމްއެލްގެ ތިން އެކައުންޓްގެ ތެރެއިން އެއް އެކައުންޓްގައި 33،820.22 ރުފިޔާ، އަނެއް އެކައުންޓްގައި 69.22 ރުފިޔާ އަދި އަނެއް އެކައުންޓްގައި 49.84 ޑޮލަރު ހުރި ކަމަށް މާލީ ބަޔާނުގައިވެއެވެ. އަދި އެސްބީއައިގެ އެއް އެކައުންޓްގައި 59.81 ޑޮލަރާއި، އަނެއް އެކައުންޓްގައި 635.60 ރުފިޔާ ހިމެނޭ ކަމަށްވެސް މާލީ ބަޔާނުގައިވެއެވެ.

މާލީ ބަޔާނުން އެނގޭ ގޮތުގައި، ފިޝަރ މޯލްޑިވްސް އާއި ބޮޑު މޮހޮރާ އިންވެސްޓްމެންޓާއި ޖޭ ހެލްތުކެއާ އާއި ޖޭ ލެގޫން އާއި ރިޗް ކްލަބް މޯލްޑިވްސް އާއި ވައިޓީއެމް ޓްރާންސްޕޯޓް ސާވިސް އާއި ވައިޓީއެމް ޓްރަވަލްސް އާއި ވައިޓީއެމް ފޮރިން އެންޑް ލޮޖިސްޓިކްގެ ޑިރެކްޓަރުގެ ގައިވެސް ޖާބިރު ހިމެނިވަޑައިގަންނަވާ ތަންތަނެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 37%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: