ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ބަލާ ނިމޭއިރު ރައްޔިތުންނަށް ސާފުވާނެ އަޅުގަނޑު ކޮރަޕްޓު ނުވާނެކަން: ފެނަކަ އެމްޑީ ސައީދު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސިސީ) އަށް ހުށަހެޅި މައްސަލަ ބަލާ ނިމޭއިރު ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނުވާނެ ކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެންމި ވިދާޅުވީ އޭނާއަށް ކޮރަޕްޝަންގެ ތުހުމަތުކޮށް 27 މައްސަލައެއް އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސައީދު “ސަންގަށް” ވިދާޅުވީ އެ މައްސަލަ އޭސީސީއަށް ހުށަހެޅި ސަބަބެއް ކަމަށް އޭނާ ލަފާކުރެވެނ،ީ ފެނަކައަކީ ވަރަށް ގިނަ ޕްރޮޖެކްޓުތައް ހިންގާ ކުންފުންޏަކަށް ވެފައި އެތަނުން ޕްރޮޖެކްޓެއް ނުލިބުމުން ބަޔަކު އޭގެ ހަސަދަ ފިލުވައިލުމަށް ކުރި ކަމެއްގެ ގޮތުގައި ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ އެފަދަ މައްސަލައެއް އޮތް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ.

“މައްސަލަ ބަލަންވީ. ބަލާ ނިމޭއިރު ރައްޔިތުންނަށް ޔަގީންވާނެ އަޅުގަނޑަކީ ކޮރަޕްޓު މީހެއް ނޫންކަން. އަޅުގަނޑު 1000 ޕަސެންޓު ޔަގީންކަން ދެން އަޅުގަނޑު ފެނަކައާ ހަވާލުވި ފަހުން މިތަނުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައެއް ނުވާނެކަން.” ސައީދު ވިދާޅުވިއެވެ.

މި މައްސަލައިގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި، މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ތުހުމަތުތަކެއް ސައީދަށް ކޮށްފައިވެއެވެ.

އޭސީސީން ބުނީ މި މައްސަލަތައް މިހާރު ވަކިވަކިން ދިރާސާ ކުރަމުންދާ ކަމަށާއި ތަހުގީގު ކުރަން ފަށާނީ އެއަށްފަހު ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: