ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުން ބާތިލު ކުރި އަދީބުގެ ހަތް ދައުވާގެ ހުކުމް ކުރުން މާދަމާ!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހައިކޯޓުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ އިސްތިއުނާފު އަޑުއެހުުންތައް ނިންމާލާ، ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ހައިކޯޓުން މި މައްސަލަ ތާވަލުކޮށަފައިވަނީ މާދަމާގެ މެންދުރު 14:00 އަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލިއެވެ. އެހެން ނަމަވެސް އެ ދައުވާތައް ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ބޭރުކޮށްލައިފަ އެވެ.

މި މައްސަލަތައް ބޭރުކޮށްލުމުގެ އެއް ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކުރީ އަދީބާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހެދީ ގޯސްކޮށް ކަމަށް ބުނެ އެވެ. މިއާއި އެކު ދައުލަތުން ވަނީ އެ ހަފްތާގެ ތެރޭގައި މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އަދީބު ހުންނެވީ މައްސަލަ ނިމެންދެން ބަންދުގައެވެ.

މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބާތިލު ކުރި ހަތް ދައުވާ އާއި ބެހޭ ގޮތުން ދައުލަތުން ބުނެފައިވަނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ ގަޒިއްޔާ ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މައިގަނޑު މަސް އަސާސެއްގެ މައްޗަށް ކަމަށެވެ. އޭގެ ތެރޭގައި ކުށަށް އިއުތިރާފަށް އިއުތިރާފުވުމުގެ އެއްބަސްވުމާއި، މައްސަލައަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން އެއީ ގާނޫނު ނުދަންނަ އެއްބަސްވުމެއްގެ ގޮތުގައި ބުނެފައިވާ ކަމަށެވެ. އަދި އަދީބުގެ އިއުތިރާފަކީ އެއީ މަޖުބޫރުކޮށްގެން ނުވަތަ ޓޯޗާކޮށްގެން ހޯދި އިއުތިރާފުގެ ބަޔާނެއްކަމަށް ކްރިމިނަލް ކޯޓުން ދައުވާތައް ބާތިލުކުރި އިރު ބުނެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ބާތިލު ކުރިއިރު ވަނީ ދައުލަތާއި އަދީބައި މެދު ވެފައިވާ އެބަސްވުން އެއީ މަޖުބޫރުން ގާއިމްކުރި އެއްބަސްވުމެއް ކަމަށެވެ. އަދީބު ވިދާޅުވީ، މައްސަލައަށް އެއްބާރުލުން ދޭން އިސްވެ ހުށަހެޅީ ވެސް އޭނާ ކަމަށެވެ. އަދީބު ވިދާޅުވީ މައްސަލައިގައި މަންފާ ލިބުނު ބައެއް އެބަތިބި ކަމަށާއި، އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އަދީބު ވިދާޅުވީ ކޯޓުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ މަޖުބޫރުކަމަކާއި ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އަދީބު ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް އޭނާއި މެދު ޓޯޗާގެ އަމަލެއް ހިންގިކަމަށް އެއްވެސް އިރެއްގައި ބުނެފައި ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔަ އިރު ކޮންމެވެސް ވަރެއްގެ އޮޅުންތަކެއް އައި ކަމަށާއި އޭގެ ފަހުން ވަކީލުންނާއި ބައްދަލުވެ ލިޔެކިއުންތައް ބެލުމުން އެކަން ސާފުވެގެން ދިޔަ ކަމަށް އަދީބު ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބު ވިދާޅުވީ މައްސަލަ ބެލުމުގައި ސަރުކާރުގެ ނިޔަތާއި މެދު ސުވާލެއް ނެތް ކަމަށެވެ. އަދި މައްސަލައިގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަންޖެހޭކަން ގަބޫލުކުރާ ކަމަށް އަދީބު ވިދާޅުވިއެވެ

ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:

  • މަނީ ލޯންޑްރިންގެ ދެ ދައުވާ
  • ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ

އަދީބުގެ މައްޗަށް އުފުލެން ހުރި ދައުވާތަކުގެ ތަފްސީލު ހިއްސާ ކުރައްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 150 ދައުވާއެއް އެއީ ޕީޖީ އޮފީހާއި އެކު އަދީބު މީގެ ކުރިން ވެފައިވާ އެއްބަސްވުން ބާތިލް ކުރި ނަމަވެސް އުފުލެން ހުރި ދައުވާތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށް ވުރެ ކުރުނޫން މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަސް އަންނާނެ ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.

މާދަމާގެ އަޑުއެހުމުގައި ހައިކޯޓުން، ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފިނަމަ އަދީބު ބަންދުން ދޫވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: