ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށީ އެއަރޕޯޓުގެ ޕަސިންޖަރ ޓަރމިނަލްއާއި ފަޔަރ ބިލްޑިންގެ ޢަމަލީ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ.ހޯރަފުށީ އެއަރޕޯޓުގެ ޕަސިންޖަރ ޓަރމިނަލްއާއި ފަޔަރ ބިލްޑިން އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢަކީ 13.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. މިމަސައްކަތް 80 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ހޯރަފުށީ އެއާރޕޯޓުގެ އުމްރާނީ ތަރައްޤީގެ މަސައްކަތް މި އަހަރުގެ އޮކްޓޫބަރު މަހު މުޅިން ނިންމާލުމަށް އެމްޓީސީސީން އަމާޒު ހިފާފައިވާއިރު، ހޯރަފުށީ އެއަރޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.

އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. ހޯރަފުށީ އެއަރޕޯޓްގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 8635 ސްކޮޔަރ މީޓަރުގެ އޭޕްރަންއަކާއި ޓެސްކީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި 9473 ސްކޮޔަރ މީޓަރުގެ ޕާކިން އޭރިއާއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: