ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރުމުން ކަންބޮޑުވާކަށް ނުޖެހޭ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކައުންޓުގައި 100 މިލިޔަން ރުފިޔާ ހުރުމަކީ ފުލުހުން ކަންބޮޑުވާން ޖެހޭނެ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ފްރީޒްކުރި އެމަނިކުފާނުގެ ބޭންކު އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމީ ޖިނާޢީ އިޖުރާއަތުގެ ޤާނޫގެ 72 ވަނަ އަދި 73 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ހައިކޯޓުން ބުނީ ކްރިމިނަލް ކޯޓުގެ އެ އަމުރަކީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

މި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކޮށްގެން މައްސަލަ ޖެހުނު އެއް މިލިއަން ޑޮލަރުގެ މައްސަލައިގެ ތަހުގީގު އެންމެ ފުރަތަމަ ކުރީ އޭސީސީން ކަމަށާއި އެގޮތުން އޭސީސީން އެދުނު ގޮތުގެ މަތީން އެ ފައިސާ އެސްކްރޯ އެކައުންޓެއް ހުޅުވުމަށްފަހު އެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ.

“ތަހުގީގުގެ ތެރެއިން އެއްވެސް ދުވަހެއްގަ އަޅުގަނޑާ އިތުރު އެކައުންޓްތަކުގެ ހުރި ފައިސާއަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައެއް ނުވޭ. އަޅުގަނޑުގެ އެކައުންޓްތަކުގަ 100 މިލިއަން ޑޮލަރު ހުރުމަކީ މިއީ ފުލުހުން ކަންބޮޑުވާންޖެހޭނެ ކަމެއް ނޫން. އަޅުގަނޑަށް ތުހުމަތު ކުރެވޭ އެއްމިލިއަން ޑޮލަރަކީ އޭސީސީ އާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގެ ހުރި ފައިސާ. އެހެންވީމަ އެހެން އެކައުންޓުތަކުގަ ފައިސާ ހުރުމަކުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން.” ރައީސް ޔާމީން ވިދާޅުވި އެވެ.

ފުލުހުން ކުރިމަތީގައި ތަހުގީގު ކުރަން އޮތީ އެއް މިލިއަން ޑޮލަރުގެ މައްސަލަ އެކަނި ކަމަށާއި އެ ފައިސާ ހުރީ ދައުލަތުގެ މުއައްސަސާ އަކުން އެންގި ގޮތަށް އެންގި އެކައުންޓެއްގައި ބަހައްޓާފައިވާ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 24%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 36%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: