ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބަށް ކުރި ދައުވާތައް ބާތިލް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އަލުން ބަލަން ހުކުމްކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަލުން އެ ކޯޓުން ބަލަން ހައި ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

ހައިކޯޓުގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން ވަނީ މިމައްސަލަޔަކީ ކްރިމިނަލް ކޯޓުން ބެލި ބެލުމުގައި އިބްތިދާއީ އަޑުއެހުމުން ފެށިގެން އަލުން ބަލަންޖެހޭ ހަތް ދައުވާކަމަށް ކަނޑައަޅައި އިސްތިއުނާފީ މިމައްސަލަތައް ނިމެންދެން 15 ދުވަހުގެ މުއްދަތަށް ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ރިމާޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށް، ކޯޓުތަކުގެ ޤާނޫނުގެ ދަށުން 7 ދައުވާ އަލުން ކްރިމިނަލް ކޯޓަށް ތަހުލީލުކުރުމަށް ހުކުމްކޮށްފައެވެ.

އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދަޢުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހުގެ 15ވަނަ ދުވަހު ނިންމާލާފައެވެ.

އެދުވަހުގެ އަޑުއެހުމުގައި އަދީބުވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދަޢުލަތަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްއާ ފުލުހުންގެ ފަރާތުން އެއްވެސް މަޖުބޫރުކުރުމެއް ކުރިމަތިނުވާކަމަށާއި، އޭނާގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން އެކޯޓުން ބަލަންޖެހޭ ކަމަށް ޤަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު ބޭރުކޮށްލުމުން ދައުލަތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރިއިރު އެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓުން އެ ހަތް ދައުވާ ބޭރުކޮށްލުމަށް ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: