ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުގެ ބަންދަށް 15 ދުވަސް ޖަހައިފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދަށް ހައިކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އަދީބުގެ ބަންދަށް 15 ދުވަސް ޖެހީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ މި ދައުވާތަކާ މެދު ގޮތެއް ނިމެންދެން 15 ދުވަހުގެ މުއްދަތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރިމާންޑް ޖަލެއްގައި އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށް ވިދާޅުވެފައެވެ.

އަދި އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ދައުލަތުން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށާއި އަދި އެ ކޯޓުން ލަސްވެގެން 15 ދުވަހުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމުމަށް ވެސް ވަނީ އަންގާފައެވެ.

އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކުރިމިނަލް ކޯޓުން ބާޠިލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި ހަތް ދައުވާގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ،މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ހައިކޯޓުގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން ވަނީ މި މައްސަލަޔަކީ ކްރިމިނަލް ކޯޓުން ބެލި ބެލުމުގައި އިބްތިދާއީ އަޑުއެހުމުން ފެށިގެން އަލުން ބަލަންޖެހޭ ހަތް ދައުވާކަމަށް ކަނޑައަޅައި އިސްތިއުނާފީ މިމައްސަލަތައް ނިމެންދެން 15 ދުވަހުގެ މުއްދަތަށް ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ރިމާޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށް، ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހަތް ދައުވާ އަލުން ކްރިމިނަލް ކޯޓަށް ތަހުލީލުކުރުމަށް ހުމްކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: