ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމަޖެންސީ ހާލަތެއް މެދުވެެރި ވެއްޖެ ނަމަ ވަކި ހުއްދައެއްގެ ދަށުން ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ: ޑރ ނަޒްލާ

ޑރ.ނަޒްލާ ރަފީޤް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީންގައި ހުންނަ މީހާއަށް އެމަޖެންސީ ހާލަތެއް މެދުވެެރި ވެއްޖެ ނަމަ ވަކި ހުއްދައެއްގެ ދަށުން ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ ކަމަށް ހެލްތް އެމަޖެންސީ އޮަޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ދައުލަތުގެ އިސް ފަރާތްތަކަށް ހާއްސަ ހުއްދައެއްގެ ދަށުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އޮފީސްތަކަށް ދިއުމުގެ ހުއްދަ ދޫކުރެވިފައިވާނެ ކަމަށެވެ. އަދި ހަމަ އެގޮތަށް އާންމު ފަރާތްތަކަށް އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ބޭރަށް ނުކުތުމުގެ ހުއްދަ ދޭނެ ކަމަށެވެ.

މިހެން ބުނެފައި މިވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ފަހު މާލެ ވަޑައިގެން ކަރަންޓީން މުއްދަތު ފުރިހަމަ ނުކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނަވާތީ އާންމުން ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށުމާއެކުއެވެ

އެޗްއީއޯސީން ބުނީ ފޮރިން މިނިސްޓަރު އާންމު ތަނަށް ނުކުމެވަޑައިގެންނެވީ އެ ސެންޓަރުން ދޫކޮށްފައިވާ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: