ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ އުސޫލް ޖޭއެސްސީން އާންމުކޮށްފި

ޖޭއެސްސީގެ ބައްދަލުވުމެއްގެތެރެއިން. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއޢުކޮށްފިއެވެ.

މި ގަވާއިދަކީ  ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު( ގެ 21 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ވ) އާއި، ( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) އާއި، 54 ވަނަ މާއްދާގެ (ވ) އާއި، 68 ވަނަ މާއްދާގެ (ހ) އާއި، ( ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ރި ޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައި ކޯޓާއި، ސުޕީރީއަރ ކޯޓުތަކާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.

ޖޭއެސްސީން އާންމުކޮށްފައިވާ އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ އުސޫލުގައި ބުނެފައިވާ ގޮތުގައި އިސް ފަނޑިޔާރުކަމަށް ފަނޑިޔާރަކު ޢައްޔަނު ކުރަންވާނީ، އެ ފަރާތެއްގެ ތަޢުލީމާއި، ތަޖުރިބާއާއި، އަޚްލާޤާއި، ޤާބިލުކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ބެލުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ހައި ކޯޓަށް ނުވަތަ ސުޕީރީއަރ ކޯޓުތަކަށް ނުވަތަ ޖުޑީޝަލް ދާއިރާއަކަށް އިސް ފަނޑިޔާރަކު ޢައްޔަނު ކުރުމަށް ކޮމިޝަނުން ކަނޑައަޅައިފި ހިނދެއްގައި، އެ މަޤާމު އަދާކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ކޮމިޝަނުން ހުޅުވައިލަންވާނެއެވެ.

ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނުވަތަ ސުޕީރިއަރ ކޯޓެއްގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ، އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުންނަށެވެ. އަދި ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަމަށް ކުރިމަތިލެވޭނީ، އެ ޖުޑީޝަލް ދާއިރާއެއްގައި މަސައްކަތްކުރާ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށެވެ.

މީގެިއތުރުން ކޮމިޝަނުން ކުރާ އިޢުލާނާ ގުޅިގެން އިސް ފަނޑިޔާރުކަމަށް ކުރިމަތިލާ ހުރިހާ ފަނޑިޔާރުންނާ ކޮމިޝަނުގެ ފަރާތުން އިންޓަވިއު ކުރަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. އަދި އިސްފަނޑިޔާރު ކަމަށް ފަނޑިޔާރުން ހޮވަން ކޮމިޝަނުގެ ފަރާތުން ކުރާ އިންޓަވިއު ކުރިޔަށް ގެންދާނެ ޕެނަލަކީ ކޮމިޝަނުގެ “ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ” ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ އިންޓަވިއު ޕެނަލުން އިންޓަވިއު ކުރުމަށްފަހު، “ހައިލީ ރެކޮމެންޑަޑް” ނުވަތަ “ރިކޮމެންޑަޑް” ނުވަތަ “ނޮޓް ރެކޮމެންޑަޑް”، މި ތިން ކެޓަގަރީގެ ތެރެއިން ކެޓަގަރީއަކަށް ކޮންމެ ކެންޑިޑޭޓަކުވެސް ގްރޭޑް ކުރަންވާނެއެވެ.

ޕެނަލުން އިންޓަވިއުގައި ފަނޑިޔާރުންނަށް ގްރޭޑް ދޭންވާނީ ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަކީ

1. ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު؛ )2 )މުޖުތަމަޢުގައި ދިމާވާ ކަންތައްތަކާމެދު ގެންގުޅޭ ނަޒަރިއްޔާތު؛

3. މުޢާމަލާތު ކުރުމުގެ ހުނަރު؛

4. އަމިއްލަ ނަފްސަށް އިތުބާރުކުރާ މިންވަރު؛

5. މަސަތްކަތުގެ އަޚްލާޤު؛

6. ހިންގުމުގެ ހުނަރު؛ އަދި

7. ކުރިމަތިލައިފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ވިސްނުން ހުރި މިންވަރު.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: