ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ހާއްސަކޮށްގެން އޮންލައިން ނޫހެއް އިފްތިތާހު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މަސްވެރިކަމާއި މަސްވެރިންގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ނޫސް ވެބްސައިޓެއް އިފްތިތާހު ކޮށްފި އެވެ.

“މަސްވެރިން.އެމްވީ”ގެ ނަމުގައި އިފްތިތާޙުކުރި މި ވެބްސައިޓުގައި ދިވެހި މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހަބަރާއި އެކި މަޢުލޫމާތުތައް ކޮންމެ ދުވަހަކު ގެނެސްދޭނެއެވެ.

މީގެ އިތުރުން މަސްވެރިކަމާއި ގުޅުންހުރި ގާނޫނާއި ގަވާއިދުތަކާ ބެހޭ މުހިންމު މައުލޫމާތާއި މަސްވެރިކަމާ ގުޅުންހުރި ބައެއް ތަފާސް ހިސާބުވެސް މި ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މި ވެބްސައިޓު މެދުވެރިކޮށް ދިވެހި މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިންގެ އަޑު ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، “މަސްވެރިންގެ އަޑު” ގެނެސްދިނުމަށް ޚާއްޞަ ބައެއް ހިމަނާފައިވާނެއެވެ. މީގެއިތުރުން މަސްގަންނަ ބަނދަރުތަކާއި، މަހުގެ އަގަށް އަންނަމުންދާ ބަދަލުތައްވެސް މި ވެބްސައިޓް މެދުވެރިކޮށް އެނގެން ހުންނާނެއެވެ. މީގެއިތުރުން މަސްވެރިކަމަށް އަންނަ ބަދަލުތަކާއި މޫސުން ފަދަ މަސްވެރިންނަށް މުހިންމު މަޢުލޫމާތުތައް ވެސް ތާޒާކަމާއެކު ގެނެސްދެމުންދާނެއެވެ.

ފަސޭހައިން ޚަބަރާއި މަޢުލޫމާތު ބަލާލެވޭގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓުގައި ދިވެހި މަސްވެރި އޮޑިފަހަރުގެ މަޢުލޫމާތާއި އާންމުކޮށް ރާއްޖޭގެ ކަނޑުތަކުން ފެންނަ މަސްމަހާމެހީގެ މަޢުލޫމާތުވެސް ހިމަނަމުންދާނެ ކަމަށާއި މިއީ ސްކޫލް ދަރިވަރުންނާއި މަސްވެރިކަމާ ގުޅުންހުރި މަޢުލޫމާތު ހޯދާ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއްވެސް ލިބޭނެހެން ފަރުމާ ކޮށްފައިވާ ވެބްސައިޓެއް ކަމަށް އެ ނޫހުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: