ރާއްޖެ އިން އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒްޓިވްވެއްޖެއެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. މިއަދު ފައްސިވެފައިވާ ބިދޭސީންގެ އަދަދަކީ 34 އެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 9885 އަށް އަރާފައެވެ.
މިއަދު 92 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 1315 އަށް މަދުވެފައެވެ.

