ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 79.2 މިލިއަން ރުފިޔާ ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 79.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި މިހާތަނަށް 18،724 މީހަކު ހުށައަޅާފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން މައުލޫމާތުދެއެވެ. މީގެތެރެއިން، އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވަނީ 7،742 މީހަކަށްކަމަށް އެމިނިސްޓްރީއިން މައުލޫމާތުދެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރަނީ ކޮންމެ މީހަކަށް މަހަކު 5،000 ރުފިޔާއެވެ. އަދި ވަޒީފާ އަދާކުރާ މީހަކަށް 5،000 ރުފިޔާ ހަމަނުވާނަމަ، އެމީހެއްގެ މުސާރައިން ކެނޑުމަށްފަހު 5،000 ރުފިޔާ ހަމަކުރުމަށް ބާކީ އިންނަ މިންވަރެކެވެ.

މިފައިސާ ދެނީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ މީހުންނަށެވެ. މިފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ. މިއުސޫލުގެ ދަށުން މިއަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހު ވަނީ ފައިސާ ދޫކޮށްފައެވެ.

ޖުލައި މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 15 އަށްވަނީ ހަމަވެފައެވެ. އަދި އޮގަސްޓްމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައަޅަންޖެހޭނެކަމަށް ޖޮބް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: