ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރުގެ މައްސަލައަކީ ކޮންމެ ގޭބިސީއަކާ ހަމައަށް ފޯރާފައިވާ ނުރައްކަލެއް: އަލީ ނަޒީރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ މިއަދު ރާއްޖޭގެ ކޮންމެ ގޭބިސީއަކާ ހަމަޔަށްވެސް ފޯރާފައިވާ ނުރައްކަލެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅޭގޮތުން މީޑިއާ ހޭލުންތެރިކޮށް ބާރުވެރިކުރުވުމުގެ ގޮތުން ބޭއްވި ވެބިނާއެއްގައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ މަސްތުވާތަކެތީގެ ވަބާފަދައިން ކޮންމެ ގޭބިސީއަކާ ހަމަޔަށްވެސް ފޯރާފައިވާ ކަންބޮޑުވުމުކާ ނުރައްކަލެއް ކަމަށް ތަފާސް ހިސާބުތަކުން ފެންނަ ކަމަށެވެ.

ނަޒީރު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ކަން ހިނގާފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

މި ސަރުކާރުގެ މުހިންމު އެއް އެޖެންޑާއަކީ ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުން ކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެކަންކަމާ ގުޅޭ ގޮތުން ސިޔާސަތުތައް ހިމަނާފައިވާނެ ކަމަށާއި މި ބޭއްވި ވެބިނަރ އަކީ އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މިޑިއާ ބާރުވެރިކުރުމަށް ރާވާ ހިންގާ މިފަދަ ފުރަތަމަ ހަރަކާތް ކަމަށެވެ.

މީޑިއާ އަކީ ޑިމޮކްރެޓިކް މުޖުތަމަޢުގެ ހަތަރުވަނަ ބާރުކަމުގައި ގަބޫލުކުރާ ހިނދު، މިއަދުގެ ދުނިޔޭގެ ހަގީގަތަކީ ކޮންމެ ކަމެއްގައިވެސް އެންމެ ބާރުގަދަ ހަތިޔާރަކީ މީޑިއާކަން ކަމަށާއި ބައިނަލްއަޤުވާމީ މަސްރަހުގައި ހިނގާ ހަމަނުޖެހުމަކަށްވިޔަސް، ދާޚިލީ ސިޔާސީ ކަމަކަށްވިޔަސް ރައްޔިތުންގެ ވިސްނުމާ ފިކުރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަމަށް ނަޒީރު ވިދާޅުވިއެވެ.

“މީޑިއާ އަކީ ޑިމޮކްރެޓިކް މުޖުތަމަޢުގެ ހަތަރުވަނަ ބާރުކަމުގައި އަޅުގަނޑުމެން ގަބޫލުކުރާ ހިނދު، މިއަދުގެ ދުނިޔޭގެ ހަގީގަތަކީ ކޮންމެ ކަމެއްގައިވެސް އެންމެ ބާރުގަދަ ހަތިޔާރަކީ މީޑިއާކަން. ބައިނަލްއަޤުވާމީ މަސްރަހުގައި ހިނގާ ހަމަނުޖެހުމަކަށްވިޔަސް، ދާޚިލާ ސިޔާސީ ކަމަކަށްވިޔަށް، އިޤްތިސާދީ ކަމަކަށްވިޔަސް، ދީނީ ނުވަތަ އިޖުތިމާޢީ ކަމަކަށްވިޔަސް ސާފުކޮށް އެނގެން އޮތް ހަޤީގަތަކީ އެކަމަކާމެދު ރައްޔިތުންގެ ވިސްނުމާ ފިކުރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަން” ނަޒީރު

މީގެ އިތުރުން ނަޒީރު ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ދިވެހި މީޑިއާ ކަމަށެވެ. އަދި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިޔުމުގެ މައްސަލަ ޙައްލު ކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެއްވެސް މީޑިއާއަކުން ޤަސްދުގައި ހަރުކަށިފިކުރާއި ހައްދުފަހަނައަޅާދިއުމަށް ހިއްވަރު ނުދޭނެކަން އެއީ އެއްވެސް ޝައްކެއްނެތި ޤަބޫލުކުރާކަމެއް ކަމަށް ނަޒީރު ވިދާޅުވިއެވެ.

މިސަރުކާރުގެ ވިސްނުމަކީ މީޑިއާތަކަށް ދަތިކޮށް، ފުރުސަތު ހަނިކުރުމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތަކީ މީޑިއާތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުން ކަމަށް ނަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ހަމަޖެހޭ އެއްޗެއް ނުކިޔާނެ، އަބަދުވެސް ފޯކަސް އަނބުރާލުން ކަމަކީ، މިއުޅެނީ ކޮންމެ ގޭބީސީއެއްގައިވެސް އަންގަޔާއި އަތާއި ދިމާނުވެގެން އިންގޭތޯ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: