ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒައިނާގެ ނުރުހުން ޝުޖާއުއަށް: ސިޔާސީ ރައްދު ދޭއިރު އަންހެނުންނަށް ތި އަމާޒު ކުރައްވަނީ ކޮން ބޭނުމެއްގައިތޯ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ކަންކަމުގައި ރައްދު ދޭއިރު އަންހެނުންނަށް އަމާޒުކޮށް ދެ ބަސް ވިދާޅުވަނީ ކީއްވެތޯ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ މިއަދު ރާއްޖެއަށް އިންޑިއާއިން މުދާ އުފުލާ އާގު ބޯޓެއް އައި ނަމަވެސް މާދަމާ އިންޑިއާއިން ދިވެހި ކަނބަލުން ކައިރިއަށް “މަތިމަސްލީ” ފިރިހެނުން ފޮނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ރޮޒައިނާ ވިދާޅުވީ ދިވެހި އަންހެނުންނަށް ނިސްބަތްކޮށް މިފަދަ އެއްޗެއްހި ވިދާޅުވާކަން މިއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

“ކޮންމެ ކަމަކާ ގުޅުވާފައި ވެސް އަންހެނުން ނިކަމެތި ކޮށްލާ ގޮތް ހުސްވެފައި ތިބި ބައެއް ކަމަށް ދޭހަވާ ގޮތަށް ބަސް ބުނުން ހުއްޓާލާ. ސިޔާސީ ރައްދު ދޭއިރު އަންހެނުންނަށް ތި އަމާޒު ކުރައްވަނީ ކޮން ބޭނުމެއްގައިތޯ؟.” ރޮޒައިނާ ވިދާޅުވިއެވެ.

އިއްތެ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އިންޑިއާގެ ކޮޗިން ފެރީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންް ޝުޖާއު ވިދާޅުވީ މާދަމާ އިންޑިއާ ފެރީ މެދުވެރިކޮށް ދިވެހި ކަނބަލުން ގާތަށް “މަތިމަސްލީ” މީހުން ފޮނުވާނެ ކަމަށެވެ. އަދި ދުވަސްތަކެއް ފަހުން ފެންނާނީ ކަނބަލުން “ބަލިވެއިންނަވާ” ތަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު އެހެން ވިދާާޅުވީ ރާއްޖެއަށް ކޮޗިން ފެރީތައް ފަށާތީ އިންޑިއާ ފިރިހެނުންތަކެއް ދިން އިންޓަވިއުއެއްގައި ދިވެހި އަންހެން ކުދިންނާ ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައި އޮތުމުންނެވެ. އަދި އިންޑިއާގައި ވެސް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތައް އިތުރުވެފައިވާ ނިސްބަތަށް ވެސް އިޝާރާތް ކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: