ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާނުގެ މައްސަލަ: މިހާރު މުއާމަލާތްކުރެވޭ، އެކަމަކު ތަހުގީގު ނިމޭނެ ދުވަހެއް އަދި ނޭނގެ: އޭސީސީ

މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު)_ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު) ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުޤީޤު ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ އެކި ހަރަކާތްތަކަށް ބޮޑެތި ޚަރަދުތަކެއް މޯލްޑިވްސް ގޭސް އިން ކުރެއްވުމާއި އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތު މާނުގެ މައްޗަށްކުރެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމްގެ މައިންބަފައިންގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތަށް މޯލްޑިވް ގޭހުން އޮޅުވާލައިގެން 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.

މާނުގެ މައްސަލައާއި ގުޅޭގޮތުން “ސަންގު” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ މީޑިއާގެ އޮފިޝަލް ވިދާޅުވީ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރުމުންދާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މާނު ރާއްޖެ އިން ބޭރުގައި ހުންނެވުމާ އެކު، ތަހުގީގަށް ސުވާލުކުރުން ފަދަ ކަންކަމުގައި މީގެ ކުރިން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމަކު މިހާރު މަގެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކޮށްގެން ރާއްޖޭން ބޭރުގައި މާނު ހުންނެވިޔަސް ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދި މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ތަހުގީގަށް ސުވާލުކުރުން ފަދަ ކަންކަމުގައި މިހާރު މާނު އާއި މުޢާމަލާތް ކުރެވެމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މާނުއާ މުއާމަލާތް ކުރަމުންދަނީ ކިހިނެއްތޯ ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމަށް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭސީސީގެ ތަހުގީގުފައި މާނުއާއި މުއާމަލާތް ކުރަނީ “ޒޫމް” ގެ ޒަރާއާއިންނެވެ.

މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މާނުއާއި މުއާމަލާތް ކުރެވި ތަހުގީގު ކުރިއަށްދިޔައަސް، އަދި ތަހުގީގު ނިންމާލެވޭނެ ދުވަހެއް ނޭނގެއެވެ.

“ކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރީ އެފަރާތުން ރާއްޖޭގެ ބޭރުގައި ހުއްޓަސް ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތަކާއިމެދު، މިހާރު ތަހުގީގު ކުރިއަށް އެބަދޭ، އަދި މާނުއާވެސް މިހާރު މުއާމަލާތް ކުރެވެމުންދަނީ، ތަހުގީގު ކުރިއަށްދިޔަސް މައްސަލަ ނިމޭނެ ދުވަހެއް  ނޭނގެ” މީޑިއާ އޮފިޝަލް

އޭސީސީގެ ތަހުގީގައި ގުޅިގެން މާނު ވިދާޅުވީ ތަހުގީގަށް ދޭންޖެހޭ އެއްބާރުލުމެއް ދެމުން އަންނަ ކަމަށެވެ. އަދި އޭސީސީ އާއި މުއާމަލާތް ކުރެވޭ ކަމަށްވެސް މާނު ވިދާޅުވިއެވެ.

މާނު ވިދާޅުވީ ރާއްޖޭގައި ނެތަސް ތަހުގީގު ކުރިއަށް ގެންދެވިދާނެ ކަމަށް އޭސީސީން ބުނެފައިވާ ކަމަށާއި އެގޮތުން ވާޗުއަލްކޮށް ވެސް އޭސީސީން މުއާމަލާތް ކުރަމުން އަންނަ ކަމަށެވެ.

އޭސީސީގެ ތަހުގީގަށް އެފަރާތުން އެދޭ ކޮންމެ ކަމެއް ކުރަމުން އަންނަ ކަމަށް މާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުއްޓަސް ކޮމިޝަނަށް ހާޒިރުނުވެވެސް ތަހުގީގު ކުރިއަށް ގެންދެވިދާނެ ކަމަށާއި، ރާއްޖޭން ބޭރުގައި ހުއްޓަސް އޮންލައިންކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް އޭސީސީން ބުނެފައިވާ ކަމަށް މާނު ވިދާޅުވިއެވެ.

“އޭސީސީ ބުނާ ހުރިހާ ކަމެއް ކުރަމުން އަޅުގަނޑު މިއަންނަނީ، މިކޮޅުގައި ހުއްޓަސް ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް އެބޭފުޅުން ވިދާޅުވީ، އެހެންވީމަ އޮންލައިންކޮށްވެސް އެކޮޅުން އަޅުގަނޑާއި ކޮމިއުނިކޭޓްކުރޭ، ދޭންޖެހޭ މައުލޫމާތެއް މިދަނީ ދެމުން. މާނު

މާނުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މިސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރުގެ ޝަޒައިލް ޝިޔާމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭނާވަނީ ސަސެޕްންޑްކޮށްފައެވެ. އޭގެ ފަހުން އަދި އެކުންފުންޏަށް އިތުރު އެމްޑީއެއް ހަމަޖައްސާފައެއް ނުވެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އޮކްޓޯބަރު 15 ގައި ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލް އަށް ލިބުނު ޝަކުވާތަކަކާއި ގުޅިގެންނެވެ.

އެ މައްސަލަތައް ސީރިއަސް ކަމަށް ބެލެވިގެން ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ނިމެންދެން ޝަޒާއިލް ސަސްޕެންޑްކުރީ ކަމަށް ރައީސް އޮފީހުން އޭރު ބުނެފައިވެއެވެ. ނަމަވެސް އޭގެ މިއަދާއި ހަމައަށްވެސް އެމައްސަލައިގެ ވާހަކައެއް އެއްވެސް މުއައްސަސާއަކުން ދައްކާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުރީގެ ޢޭސީސީގެ ރައީސަކަށް ހުރި ހަސަން ޅުތުފީ އެއްވެސް ކަމެެއް ނުބަލާ މީނައަށް ބައި އެޅޭ ގޮތަށް އެތައް ހިޔާނާތު އެއްވެފައިވަނީ މެލޭސިޔާ އިންނާއި މާލެއިނާ ހުޅުމާލެއިން އެތަށް ފުލެޓެއް ރައްޔިތުންގެ ފައިސާއިން ގަނެފަވަނީ މިހުރިހާ ފުލެޓެއް ދައުލަތަށް ނަގާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: