މުޅި ރާއްޖެ ދަނޑުވެރިކަމަށް ވަންނަމުންދާއިރު، އެކަމަށް ފިޝަރީޒް އެންޑް އެކްރިކަލްޗާ މިނިސްޓްރީން ދޭންޖެހޭ ސަމާލުކަންނުދީ މިނިސްޓްރީ އޮތީ ނިދާފައި ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ލޯކަލް ޓޫރިޒަމަށް އަސަރުކުރުމާ ގުޅިގެން ވަޒީފާ ގެއްލިފައި ތިބި މީހުންނާއި ރަށުގެ އެހެން މީހުން ވެސް އާމްދަނީ ހޯދަނީ ދަނޑުތަކުގައި ހައްދާ ތަކެތި ވިއްކައިގެން ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިރު ކޮށްފައިވާ ލިޔުމެއް ހިއްސާ ކުރަމުންނެވެ.
ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތިތަކުން އަރައިގަތުމަށް ކިލޯމީޓަރު ފުޅާމިނުގައި ދަނޑުވެރިކަމާއި ޒަމާނީ އެގްރޯ ޓޫރިޒަމް ފުޅާކޮށް މުޅިރާއްޖެ ދަނޑުވެރިކަމަށް ވަންނަމުންދާއިރު ދަނޑުވެރިކަމަށް އެގްރިކަލްޗާރ މިނިސްޓްރީން ދޭންޖެހޭ ސަމާލުކަންނުދީ މިނިސްޓްރީ އޮތީ ނިދާފައި ކަމަށެވެ.
ދަތިތަކުން އަރައިގަތުމަށް ކިލޯމީޓަރު ފުޅާމިނުގައި ދަނޑުވެރިކަމާއި ޒަމާނީ އެގްރޯ ޓޫރިޒަމް ފުޅާކުރަމުންދާއިރު އަދި މުޅިރާއްޖެ ދަނޑުވެރިކަމަށް ވަންނަމުންދާއިރު ދަނޑުވެރިކަމަށް އެގްރިކަލްޗާރ މިނިސްޓްރީން ދޭންޖެހޭ ސަމާލުކަންނުދީ މިނިސްޓްރީ އޮތީ ނިދާފައި!
https://t.co/Ec6mkLn5Xo— Ibrahim Rasheed (@BondeM4) September 29, 2020
އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ޒަހާ ވަހީދުގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، މަޖިލިސް އެކަމަނާ މަގާމުން ދުރުކުރައްވަން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި އެމްޑީޕީ މެމްބަރުން ވަނީ އެކި ފަހަރު މަތިން ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މީގެ ކުރިންވެސް ވާހަކަ ދައްކާފައެވެ.

