ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އައި ބަޔަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑެމީގެ މަސައްކަތަށް މިމަހުގެ އިންޑިއާގެ ކޮޗިން އިން އައި 128 މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޕޮޒިޓިވްވި މީހުންނަކީ އިންޑިއާއިން ރާއްޖެ އައިސް ގަމުގެ، ދޫގަސް ކަރަންޓީނު ފެސިލިޓީގަި ތިބި ބައެކެވެ. މިމީހުން ޕޮޒިޓިވެފައި މިވަނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ޓެސްޓް ސާމްޕަލްތަކުންނެވެ.

ބައެއް މީހުން ޕޮޒިޓިވް ވެފައިވާ ކަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ޔަޤީން ކޮށްދީފައެވެ. ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ، ސީދާ އަދަދު 14:00 ހާއިރަށް ޔަޤީން ކުރެވޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކޮންފަމޭޓަރީ ޓެސްޓުތަށް ހެދުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރުމަށް އިންޑިއާ މީހުން އައީ ޗާޓަރު ފްލައިޓެއްގައި އައްޑޫ ސިޓީ ގަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: