އެމިރޭޓްސްއިން ރާއްޖެއަށް ހަފްތާގެ ހަތްދުވަހު ފްލައިޓު ބާއްވަން ނިންމައިފިއެވެ.
އެމިރޭޓްސްއިން މި ގޮތަށް އަމަލު ކުރަމުންދާނީ މިމަހުގެ7 ވަނަ ދުވަހުން ފެށިގެނެވެ.
އެމިރޭޓްސްް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން777 ގެ މަތިންދާ ބޯޓެވެ.
ރާއްޖެއިން މިދިޔަ މާޗު މަސް ތެރޭގައި ކޮވިޑް ފެނުމާއިއެކު ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިއެވެ. އަލުން ބޯޑަރުތައް ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް އެތަކެއް ފްލައިޓުތަކެއް މިހާރު އަންނަނީ ޖައްސަމުންނެވެ.
މިހާރުވެސް ދުބާއީ އާއި ރާއްޖެއާ ދެމެދު ހަފްތާއަކު ހަ ފްލައިޓު އެމިރޭޓްސް އިން އަންނަނީ ބާއްވަމުންނެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން ބުނީ އެ އެއާލައިންގެ ފްރިކުއެންސީ އިތުރުކޮށްފައިވާ ކަމަށެވެ.

