ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫން ހުވަދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގަން އެއާޕޯޓުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ބުނީ އައްޑޫ އާއި ހުވަދޫ އާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އިތުރުން އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ގަވާއިދުން ކޮންމެ ދުވަހަކު ވައިގެެ ދަތުރުތައް ބޭއްވުމާ ގުޅޭގޮތުން އައިލޭންޑް އޭވިއޭޝަނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު މި ހިދުމަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މޯލްޑިވިއަން އަން އިން ދާދިފަހުން ވަނީ އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ކަނެކްޝަން ފްލައިޓުތަކެއް ވެސް ފަށާފައެވެ.

މި ބައްދަލުވުމުގައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އައްޑޫ އަދި ހުވަދު އަތޮޅު ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: