ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހު މިފަހަރު ވިދާޅުވީ ކަނޑު އަޑީގައި ޑޭޓާ ސެންޓަރެއް ގާއިމުކުރެވިދާނެ ކަމަށް!

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު - ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ޤާއިމުކުރެވިދާނެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޖަޕާނުން ބޭއްވި ސައިންސް އެންޑް ޓެކްނޮލޮޖީ އިން ސޮސައިޓީ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ ރާއްޖޭގައި ކަނޑު އަޑީގެ ޑޭޓަރ ސެންޓަރެއް ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ ކުންފުނިތަކަށް ދައުވަތު ދީފައިވާކަމަށެވެ.

މަލީހު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރިގޮތުން ކަނޑު އަޑީގައި ޑޭޓަރ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސާޗް އަށް އެންމެ ކަމުދާ ގައުމަކީ ރާއްޖެކަމަށް މަލީހު ވިދާޅުވިއެވެ.

“މިހާރުވެސް ދިވެހިރާއްޖެއަކީ ކަނޑުއަޑީގެ ކޮޓަރިތަކާއި ރެސްޓޯރަންޓުތައް ހުރި ގައުމަކަށް ވެފައި ދިވެހިރާއްޖޭގައި ކަނޑު އަޑީގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ދޮރު ވަނީ ހުޅުވާލެވިފައި” މަލީހު

މީގެ އިތުރުން މަލީހު ވިދާޅުވީ ކޮވިޑް-19އަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމަށް ވިޔަސް ރާއްޖެއަށް ބަލާނަމަ މޫސުމަށް އަންނަ ބަދަލުތަކަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

މަލީހު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެއްޓާއި ރައްޓެހި ހަކަތަ އަކީ މި ކުދި ޖަޒިރާ ޤައުމުގެ މުސްތަގުބަލަށް ވަރަށް މުހިއްމު އެއްޗެހި ކަމަށެވެ.

ޓެކްނޮލޮޖީ އާއި އިންޓަރނެޓުން ލިއްބައިދޭ ފައިދާ ބޮޑު ކަމުގައި ވިޔަސް އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައިސްފައިވާ ކަމަށާއި ޑިޖިޓަލް ޑިވެލޮޕްމަންޓްގައި ސޯޝަލް ސައިންސްގެ ދައުރު އިތުރަށް ފުޅާ ކުރަންޖެހިފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައިންސް އެންޑް ޓެކްނޮލޮޖީ އިނޯ ޝިންޖީގެ އިތުރުން 49 ޤައުމެއްގެ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ބެހޭ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: