ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ: ދެ މީހުންގެ ބަންދަށް ހަތް ދުވަސް!

ހުޅުމާލެ ކޭސްގައި ހައްޔަރު ކުރި ދެމަފިރިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 07 ދުވަސް ޖަހައިފިއެވެ.

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ދެ ފިރިހެން ކުއްޖަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާއިރު މި މައްސަލައިގެ ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީގީނާކު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މީޑިއާތަކުގައި އާއި ސޯޝަލް މީޑިއާގައި ވާ ގޮތުން މި މައްސަލައިގެ ތުހުމަތު ކުރެވެނީ މަޝްހޫރު ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށެވެ.

ޔުނާން އާއި ރިހުލާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ޔުނާން ދިރިއުޅޭ އެޕާޓްމެންޓުގެ ކުރިމައްޗަށް އާއްމުންގެ ބަޔަކު ވަނީ އެއްވެ އަޑުއުފުލާފައެވެ. އަދި އޭގެ ސަބަބުން އަމިއްލައިން އެދިގެން އެ ދެމީހުންނަށް ފުލުހުން ރައްކާތެރިކަން ވެސް ދިނެވެ. އަދި ހައްޔަރު ކުރީ އޭގެ ފަހުންނެވެ.

މައުލޫމާތު ލިބޭގޮތުން ޔުނާން އާއި ރިހުލާގެ މައްޗަށް މި ތުހުމަތު ކުރަނީ ޔުނާންގެ އާއިލާގެ ބައެކެވެ.

މި މައްސަލައިގައި ޖެންޑާރ އިން ބުނެފައިވަނީ މައްސަލަ ރިޕޯޓު ކުރީ ހޮނިހިރު ދުވަހު ކަމަށާއި، ފުލުހުންނާއި ގުޅިގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޖެންޑާރ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: