ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް އެކަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

އެގޮތުން ރައީސް ނަޝީދު އެ އެގްރީމެންޓު ނެތް ކަމަށް އެ ވިދާޅުވީ ސަރުކާރުގެ ފަރާތުންތޯ ނުވަތަ އެއީ އެމަނިކުފާނުގެ އަމިއްލަ ބަސްފުޅުތޯ ސައީދު ސުވާލު ކުރެއްވިއެވެ.

ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މެމްބަރަށް ގާނޫނު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން އެމަކުފާނަކީ މަޖިލީހުގެ ރައިސް ކަމަށާއި، ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށެވެ.

“އަޅުގަނޑަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް. އަޅުގަނޑާ ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން.” ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވުމުން ގިނަ މެމްބަރުންތަކެއް ވަނީ އަތްތިލަބަޑި ޖަހައި އެ ޖަވާބަށް ތައުރީފް ކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: