ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރެރިސްޓު ޖަމާއަތްތަކުގެ ތަސައްވަރަކީ ރާއްޖެ ހިފުން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ޓެރެރިސްޓު ޖަމާއަތްތަކުގެ ތަސައްވަރީ ރާއްޖެ އެކަހެރިކޮށް ރާއްޖެ ހިފުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅި މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބަޔަކު ރާއްޖޭގައި ކެމްޕޭނެއް އެބަ ހިންގާ ކަމަށާއި އޭގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގްވާމީ ދުނިޔެއާ އެކަހެރިކުރުން ކަމަށެވެ. އެއީ އެ މީހުންގެ ކެމްޕެއިންގެ ފުރަތަމަ މަރުހަލާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެގެ އެކަހެރިކުރެވުނީމާ އެމީހުން، އަޅުގަނޑު މި ދަންނަވަނީ އައިއެސް ޖަމާއަތާ އަލްގައިދާ ޖަމާއަތުގެ ވާހަކަ. އެ މީހުންގެ ތަސައްވަރެއް އެބަވޭ ރާއްޖެ ހިފުމުގެ. ރާއްޖޭ އެކަހެރިކުރުމަށް އެބަ މަސައްކަތް ކުރޭ ބައިނަލްއަގްވާމީ އާއިލާއިން. އެ މަސައްކަތުގައި އަޅުގަނޑުމެން އިހްތިރާމް ކުރާ ގަދަރުކުރާ ސިޔާސީ ބައެއް ޕާޓީތައް ހިމެނިފައިވާތީ ހިތާމަކުރަން.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއާ އެހެން ގައުމުތަކާ ދެމެދުގައިވާ ގުޅުން، ހާއްސަގޮތެއްގައި އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށްޓަކައި، އެމެރިކާ އާއި ޖަޕާނާއި އޮސްޓްރޭލިއާ އާއި އިންޑިއާ އެކުވެގެން އުފައްދާފައިވާ އިއްތިހާދުގައި ރާއްޖެ ބައިވެރިވެ އެ ގުޅުމަށް ތާއީދު ކުރުމަކީ އިންޑިއާގެ ކަނޑުގެ ރައްކާތެރިކަމަށް އޮތް އެންމެ ރަނގަޅު މަގު ކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެއްބަސްވާ ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ…

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އެ ޖަމާއަތްތަކުގެ ސިއްރު ބައިވެރިޔަކީ އިންޑިއާ. ތިޔައީ މޯޑީގެ ގައިގައި ބޮސްދިން މީހާ

  2. ތިޔާބުނަނީ ހަމަ ތެދެއް .. ތިހެން ކިޔާފަ ބުނޭ މިކަމައް އޮތް ޙައްލަކީ އިންޑިއާ ސިފައިންނޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: