ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ރަމީޒުގެ ރައްދު ނަޝީދަށް: އައިއެސް އާއި އަލްގައިދާގެ ވާހަކަ މިހާރު ރައްޔިތުން ގަބޫލެއް ނުކުރާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް ސްޓޭޓް(އައިއެސް) އާއި އަލްގައިދާއިން ރާއްޖެ ހިފަން އުޅޭ ވާހަކަ މިހާރު ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިހެން ވިދާޅުވީ އިންޑިއާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުކޮށް، ބައިނަލްއަގުވާމީ މުޖުތަމައުއާ ރާއްޖެ އެކަހެރިކޮށްލުމަކީ އައިއެސް އަދި އަލްގައިދާ ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ތަސައްވަރުގެ ފުރަތަމަ މަރުހަލާ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދަށް ރައްދު ދެއްވައި އަލީ ރަމިޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިއެސް އަދި އަލްގައިދާ ވާހަކަ ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށާއި ސަރުކާރުގެ ނުބައި ރޭވުންތައް ފަޅާ އަރާނެ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބޭރުގެ ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބައިނަލްއަގުވާމީ އާއިލާއާ އެކަހެރިކޮށް، ރާއްޖެ ހިފަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ދިވެހި ބައެއް ސިޔާސީ ޕާޓީތަކުން ބައިވެރިވާ ކަމަށެވެ.

“އެއްވެސް ޝައްކެއް ނެތް އައިސިސް އަދި އަލްގައިދާ އިން އެބަ ގެންގުޅޭ ތަސައްވަރެއް ރާއްޖެ ހިފުމުގެ. ހިތާމައަކީ އެ މައްސައްކަތުގައި އަޅުގަނޑުމެން ގަދަރުކުރާ އިހުތިރާމް ކުރާ ބައެއް ސިޔާސީ ޕާޓީތައް ހިމެނޭތީ،” ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 18%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އަލީރަމީޒު ހުންނެވި ސިފައާ އެބުނާ ޖަމާއަތްތަކުގެ މީހުން ތިބޭ ސިފައާ އަޅާ ބަލާލީމާވެސް ވަރަށް ގިނަ އެއްޗެހި ސާފުވާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: