ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯކައިދޫން ވެސް ފުލުހަކު ޕޮޒިޓިވްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭން އައި ފުލުހުންނާ ކޮންޓެކްޓްވެ، ށ ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކޭސްއާ ގުޅިގެން ފޯކައިދޫން ވަނީ 6 ސާމްޕަލެއް ނަގާފަ އެވެ. އެހެންވުމުން އެރަށުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވި އެވެ.

ޕޮލިސް ކްލަސްޓާއާ ގުޅިގެން ދިއްދޫންވެސް ރޭ ވަނީ ދެ ފުލުހަކު ޕޮޒިޓިވްވެފަ އެވެ. އެހެންވެ އެރަށުގެ ކޮންޓެކްޓް ޓްރޭސިން ހަދައި 16 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.

އޭގެ ތެރެއިން 5 މީހުންގެ ސާމްޕަލް ވަނީ ނަގާފަ އެވެ. ދިއްދޫން ފުރަތަމަ ނަގައި ޓެސްޓްކުރީ 29 ސާމްޕަލެވެ.

މިހާތަނަށް ކުޅުދުއްފުށިން ވަނީ މި ކޭސްއާ ގުޅިގެން 33 ސާމްޕަލް ނަގާފައިވާއިރު އަދި މި ކްލަސްޓާއާ ގުޅުން ހުރި 137 ސާމްޕަލް ތިން އަތޮޅުން ވަނީ ނަގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: