ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯކައިދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި

ށ.ފޯކައިދޫ ބަނދަރުގެ ސަރަހައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތް ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ )އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ފޯކައިދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓު މިހާރު އެ ރަށަށް ގެންދެވި، އެމަސައްކަތް މިހާރު ވަނީ ފަށައިފައިކަމަށެވެ.

އެގޮތުން މި މަޝްރޫގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރު ބޭސިން ފުންކުރުމާއި، 1،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މިހާރު ބޭނުންކުރަމުންދާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި 4،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތުގެ އިތުރުން، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި 2،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރާނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: