ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ސަރުކާރުން ހަދާ ގޯސްތަކުގެ ޒިންމާ ނަޝީދު ނަގަން ޖެހޭނެ”

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ސަރުކާރުން ހަދާ ގޯސްތަކުގެ ޒިންމާ ރައީސް މުހައްމަދު ނަޝީދު ނަގަން ޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރިފް މިހެން ވިދާޅުވީ ރައީސް ނަޝީދަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކަރު ފެއިލް ވެއްޖެކަން ރައީސް ނަޝީދު ގަބޫލު ކުރެއްވުމުން، ސަރުކާރުން ހަދާ ގޯސްތަކުން ރެކިވަޑައިގަންނަން އެމަނިކުފާނު އިދިކޮޅަށް ކުޅުއްވަމުން ގެންދަވާ ކަމަށެވެ.

“ސަރުކާރުން ހަދާ ގޯސްތަކުގެ ޒިންމާ ކޯލިޝަން ލީޑު ކުރާ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން [ނަޝީދު] ނަންގަވަން ޖެހިވަޑައިގަންނަވާނެ.” އާދަމް ޝަރީފް ވިދާޅުވިއެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަކުފާނަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް ކަމަށާއި ސަރުކާރާ ގުޅުން ވަނީ އެމަނިކުފާނަކީ އެމްޑީޕީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް އެމަނިކުފާނު ވާތީ ކަމަށެވެ.

“އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން.” މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: