ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު، ނަޝީދަށް: އިންޑިއާ އައުޓް ކެމްޕެއިންއާ ހަރުކަށި ފިކުރާ ތިގުޅުވަނީ އެހެން ގައުމުތައް ރުއްސަން!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކެމްޕެއިން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަޑީގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް “އިންޑިއާ އައުޓް”ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުންނެވެ.

މިކަމާ ގުޅިގެން ރޭ ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ގައުމުތައް ހިފުމުގެ ކުރިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގްވާމީ ގޮތުން އެ ގައުމެއް އެކަހެރި ކުރަން ކަމަށެވެ. އިންޑިއާ އައުޓް ކެމްޕެއިނަކީ އޭގެ ހަރަކާތެއް ކަމަށާއި އެކަން ކުރަނީ މަދު ބަޔަކު ކަމަށާއި އަދި ސިޔާސީ ޕާޓީއަކުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަސް ސަރުކާރުގައި އެދުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ.

“މައުލޫމާ ނުގުޅޭ ކަންކަމާއި މިކަން ގުޅުވަނީ، މުސްލިމް ގައުމަކަށް ރާއްޖެވުމާއި، ހަރުކަށި ފިކުރު ކަމަށް ބުނެ ގައުމުތައް ރުއްސަން.” ސައީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އައިސިސް ޖަމާއަތާ ދުނިޔޭގެ އެހެނިހެން ޓެރަރިސްޓު ޖަމާއަތްތައް ހަރަކާތްތެރިވާ ގޮތް، ދުނިޔޭގެ ޖާސޫސީ އިދާރާތަކަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އެފަދަ ޖަމާއަތަކުން ގައުމެއް ހިފަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރާ ކަމަކީ އެ ގައުމެއް ބައިނަލްއަގުވާމީ އާއިލާއިން އެކަހެރިކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: