ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ނޫން ޕާޓީތަކުގެ މިނިސްޓަރުން މަސައްކަތް ކުރައްވަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން: އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން ޕާޓީތަކުގެ މިނިސްޓަރުން މަސައްކަތް ކުރައްވަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ “ހަބަރު ސިޓީ” ހަތްވަނަ އަދަދުގައި “އަޅުގަނޑުމެންގެ ތެރޭގައިތިބެ އަޅުގަނޑުމެންގެ އެހީގައި އަޅުގަނޑުމެން ކަތިލަނީ!” ސުރުހީގައި އަލީ އާޒިމް ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވަނީ މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެކޭ، އެމްޑީޕީގެ ސަރުކާރެއް ނޫނޭ އަޑަށް ބާރުލާފައި ކިތަންމެ ވަރަކަށްވެސް ކީދާނެ ކަމަށާއި ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައްޔިތު މީހާ ދެކެނީ މިއީ އެމްޑީޕީ ސަރުކާރެއް ކަމަށެވެ.

“މީގެ ސާފު އެއް ހެއްކަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގައި ރައްޔިތުން އެމްޑީޕއަށް ދިން ސާފު ބޮޑު އަގްލަބިއްޔަތެވެ. ރައްޔިތުން ވޯޓް ދިނީ އެމްޑީޕީގެ އެޖެންޑާ 19 އަށެވެ.” އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސިޔާސީ ގޮތުން ބަލާއިރު ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ އަމީން، މަލީހު ޖަމާލް، ޑރ. އިބްރާހިމް ހަސަން، އިމްރާން އަބްދުﷲ، ޔުމްނާ މައުމޫން، އައިޝަތު ނަހުލާ، ޒަހާ ވަހީދު، ޑރ. ހުސައިން ރަޝީދު ހަސަން، ޑރ. އަހުމަދު ޒާހިރު، ޑރ. އަބްދުﷲ މައުސޫމް ފަދަ ބޭފުޅުން މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަން ކޮށްދޭ ހެޔޮ ސަރުކާރެއް ކަމަށް ދެއްކުމަށް މަސައްކަތް ކުރައްވަންވީ އެއްވެސް ސަބަބެއް އޮތްތޯ ސުވާލު އުފެދޭ ކަމަށެވެ.

“މި ބޭފުޅުންގެ ދާއިރާތަކުގެ މަސައްކަތްތައް ‘އަމާ ބުނީތީ ފަރަށްދާ’ އުސޫލުން ނުކުރެއެކޭ އަޅުގަނޑު ނުދަންނަވަމެވެ. ސަރުކާރުގެ ބައެއް އޮފީސްތަކާއި ބައެއް ކުންފުނިތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލަސްތަކެއް އުޅޭ ވާހަކަ މިއީ މިހާރު އަބަދު އިވޭ ވާހަކައެކެވެ.” އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީ ނޫން ފަރާތްތައް މަސައްކަތް ކުރަމުން ދަނީ އެފަރާތައް ނިސްބަތްވާ ޕާޓީ ވަރުގަދަކޮށް ތަފާތު އިންތިޒާމުތައް ހަމަޖައްސާ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: