ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިވެރިން ޝަރުއީ މަރުހަލާގެ ތެރެއިން ދޫވާތީ ކަންބޮޑުވޭ: މިނިސްޓަރ އިމްރާން

ސީޕީ ހަމީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވަރަށް ގިނަބަޔަކު ހައްޔަރުކުރެވުނުނަމަވެސް ޝަރުއީ މަރުހަލާގެ ތެރެއިން އެމީހުން ދޫވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުން އަތުލައިގަންފައިވާ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ  މީހުން މުޖުތަމަޢުގެ ތެރެއަށް ދޫވެގެން ދިއުމަކީ މުޅި މުޖުތަމަޢުއަށް ބޮޑު ނުރައްކަލެއް އޮތް ކަމެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ޝަރުޢީ މަރުހަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ސަލާމަތްވެވެންހުރި މަގުތައް ބަންދުކުރަންޖެހޭކަމަށެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ ވިޔަފާރިވެރިންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބޭނީ މަސްތުވާތަކެތި ހޯދައި ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލާ ހަވާލުކުރުމުން ޕީޖީގެ ތެރެއިން ރަނގަޅަށް މަސައްކަތް ކުރެވި ކޯޓުގެ ތެރެއިން އެފަދަ މައްސަލަތައް ރަނގަޅަށް ނިންމިގެން ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށް މުއްސަނދިވާ މީހުންނާ ދެކޮޅަށް މުޅި މުޖުތަމައު އެކީގައި ނިކުންނަން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލަމާތަތް ކުރުމަށް އެތަނެތި ބޭނުންކުރާ ޒުވާނުން ރިހިބިލިޓޭޓްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ އާދެ ވިޔަފާރިވެރިންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި އަދި ސިޔާސީ ޕާޓީތަކާއި، އޭގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތައް ވަރަށް އެކުވެރިކަމާއެކު މަސައްކަތްކޮށްގެން. ކޯޓުގެ މަރުހަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އިސްފަރާތްތަކުން އެކިގޮތްގޮތުން ސަލާމްތވެގެންދާ ދިއުމަކީ މުޖުތަމަޢުއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް” އިމްރާން

މީގެ އިތުރުން އިމްރާން ވިދާޅުވީ 2011 ވަނަ އަހަރު މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އައުމަށްފަހު މިސަރުކާރު އައުމާއި ހަމައަށް ނައްތާލާފައިވަނީ 32 ކިލޯގެ މަސްތުވާތަކެތިކަމަށެވެ.

އިމްރާން ވިދާޅުވީ މިސަރުކާރު އައިސް މަސްތުވާތަކެއްޗާއި ދެކޮޅަށްކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މިހާތަނަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: